ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
ޖެނިޓަރ |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2 |
މަޤާމުގެ ރޭންކް: އެސް. އެސް. 2 |
މުސާރަ: |
މަހަކު: -/3،470 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު: -/1،000 ރުފިޔާ |
||
ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ. |
||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް، މާލެ. |
||
މަޤާމުގެ މަސްއޫލިއްޔަތު: |
ޓެލެކޮމް ބިލްޑިންގުގެ ގޯތިތެރެ ސާފުކުރުމާއި، އޮފީސް ބައި ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މުވައްޒަފުންނަށް އެހީތެރިކަން ބޭނުންވާ ކަންކަމުގައި އެހީތެރިވުން. |
||
މަޤާމުގެ ޝަރުޠު: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ޤާބިލްކަން ހުރުން. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. |
||
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. އޮފީސް އިމާރާތް ފޮޅައި ސާފުކޮށް ބެލެހެއްޓުން. 2. އޮފީހުގެ ގޯތިތެރެ ކުނިކަހައި ސާފުކުރުން. 3. އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީ އާއި ތަކެތި ހަވާލުކުރަން ދިއުން. 4. އޮފީހުގެ މުވައްޒަފުންނާއި މެހުމާނުންގެ ސައިފޮދު އިންތިޒާމްކުރުމުގައި އެހީތެރިވުން. 5. އޮތޯރިޓީގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. |
||
ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން ބަޔާންކޮށް ތައްގަނޑުޖެހި) 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ހިމެނޭ، ސާފު ކޮޕީއެއް. |
||
ސުންގަޑި: |
2016 ނޮވެންބަރު 10ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ޓެލެކޮމް ބިލްޑިންގ، ހުސްނުހީނާ މަގު) އަށް ހުށަހެޅުން އެދެމެވެ. |
||
އިންޓަވިއު ބޭވުމަށް ކަނޑައޅާފައިވާ މުއްދަތާއި، އޮންނާނެ ތަން. |
- މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ފަނަރަ ދުވަހުގެ ތެރޭގައި، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގައެވެ. - އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން އެންމެ މަތިން ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކަށެވެ. |
||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 3323344 އެވެ. |
||
24 މުޙައްރަމް 1438 |