ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2016/232
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 08 ނޮވެންބަރު 2016 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 1

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 1
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 1

މުސާރަ އާއި އެލަވަންސް:

މަހަކު -/8900 ރުފިޔާ

އިތުރުގަޑި: 

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ރޭންކް:

AS 5

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

އެޑްމިން އެންޑް ކޯޕަރޭޓިވް އެފެއާޒް

މަޤާމުގެ ބާވަތް:

1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ޝަރުޠު:

ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާއިން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު، ދާއިރާއިން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ކުންފުނީގެ ސްޓޮކް ބެލެހެއްޓުމާއި، ސްޓޮކަށް ބޭނުންވާ ތަކެއްޗަށް ރިކުއެސްޓް ކުރުން.

2. ސްޓޮކުން ތަކެތި ދޫކުރުމާއި، ސްޓޮކުގެ ސޮފްޓްވެއަރ އަޕްޑޭކުރުން.

3. އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުގެ ބެލުމުގެދަށުން ހިންގަންޖެހޭ އެކި ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުމާއި ބައިވެރިވުން.

4. ޑިޕާޓްމަންޓުގެ  ފަރާތުން  ބަލަހައްޓަންޖެހޭ  އެންމެހައި  މަޢުލޫމާތުތަކާއި  ރެކޯޑުތައް ބެލެހެއްޓުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ތައްޔާރުކޮށް ފޮނުވުން.

5. ކުންފުންޏަށް ލިބޭ ސިޓީތަކާއި އެހެން ޑޮކިއުމެންޓްތައް ފައިލްކޮށް، ރައްކާތެރިކަމާއެކު އެތަކެތި ބެލެހެއްޓުމާއި، ބޭނުންކުރަންޖެހޭ ފަރާތްތަކަށް ލިބިދިނުން.

6. އެކި ޑިޕާޓްމަންޓުތަކުގެ ފަރާތުން އެކި ފަރާތްތަކާއެކު ހަދާފައިވާ އެގްރިމަންޓްތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ގާތުން ބެލުމާއި، އެކަމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިދިނުމާއި، އެގްރީމެންޓްތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.

7. ކުންފުނީގެ އަހަރީ ރިޕޯޓް އެކުލަވައިލުމަށް ބޭނުންވާ އެހީތެރިކަން ލިބިދިނުމާއި، އެހެނިހެން މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން އެދިއްޖެނަމަ، އެ އެހީތެރިކަން ފޯރުކޮށްދިނުން.

8. ރަސްމީ ގަޑި ނޫނަސް، އޮފީހުން އެދިއްޖެ ހާލަތެއްގައި، އެކިކަންކަމުގައި އެހީތެރިކަން ދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

- މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އައު ވިސްނުންތައްހުރި މިންވަރަށް ބަލައިގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭކަމުގެ ސިޓީ.

- ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ.

- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީއެއް.

- ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ނޮވެންބަރު 8 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016