ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީއާއި، މިނިސްޓްރީގެދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||
އޮފީސް: |
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: GS3 |
މުސާރަ: |
މަހަކު -/4465 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
||
މަސައްކަތް ކުރަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ/ ޗައިލްޑް ރައިޓްސް ޕްރޮޓެކްޝަން ސެކްޝަން |
||
ތަޢުލީމާއި ތަޖުރިބާ: |
1. އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓުގެ ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޑިވިޜަން/ސެކްޝަނުގެ ވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން، ސެކްޝަނުގެ އެންމެހައި މަސައްކަތްތައް އިންތިޒާމްކޮށް އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުން. - ސެކްޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ތައްޔާރުކުރާ ފޯމުތަކާއި، އެކި ލިޔުންތަކުގެ ނަމޫނާތައް ތައްޔާރުކުރުން. - ސެކްޝަނުގެ މަސައްކަތްތަކާ ގުޅިގެން ފޮނުވަންޖެހޭ ސިޓީތަކާއި ރިޕޯޓުތަކާއި އެނޫން ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން. - ޑިވިޜަނުގެ ދުވަހުގެ އެންޓްރީއާއި ޑިސްޕެޗް ބެލެހެއްޓުމާއި، އެންޓްރީ ޝީޓާއި ހަފުތާގެ ޕެންޑިންގ ޝީޓް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން. - ޑިވިޜަނަށް އަންނަ އެންމެހައި ފޯން ކޯލުތަކަށް ޖަވާބުދިނުން. - ޑިވިޜަނުގެ މަސައްކަތްތަކާ ގުޅިގެން ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމް ހަމަޖައްސައި، ޔައުމިއްޔާ ތައްޔާރުކުރުމާއި، ބައްދަލުވުންތަކުގެ ނިންމުންތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން. - ޑިވިޜަނުން ކުރާ ދަތުރުތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމާއި، ދަތުރުތައް ނިމުމުން ދަތުރު ރިޕޯޓް ތައްޔާރުކުރުމާއި، ދަތުރާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. - ޑިވިޜަނަށް ބޭނުންވާ އެންމެހައި ތަކެތި ސްޓޮކުން ނެގުމާއި، ޑިވިޜަނުން އިޢުލާންކޮށްގެން ކުރާ މަސައްކަތްތަކުގައި މަޢުލޫމާތު ޝީޓުތައް ތައްޔާރުކޮށްދިނުން. - ޑިވިޜަންގެ ވެރިންގެ ސެކްރެޓޭރިއަޓު ބެލެހެއްޓުމާއި، ވެރިންގެ އެޕޮއިންޓްތަކާއި މީޓިންގތައް ހަމަޖައްސައިދިނުމާއި، ވެރިންގެ ކޮޓަރިތަކުގެ ހާލަތު ބަލައި، މިނިސްޓްރީގެ ކަމާބެހޭ ޑިވިޜަން/ސެކްޝަންތަކާ ގުޅިގެން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުން. - ތަފާސް ހިސާބުނަގައި ބެލެހެއްޓުމާއި، ޕީޕީއެމްއާރޑީއަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން. - ޕީޕއެމްއާރޑީއާ ގުޅިގެން، ކަމާ ގުޅުންހުރި ސިޔާސަތުތަކާއި މިންގަނޑުތަކާއި އެސްއޯޕީ ހަދައި އިޞްލާޙުކުރުން. - ޕީޕއެމްއާރޑީއާ ގުޅިގެން، ކަމާ ގުޅުންހުރި ޤާނޫނާއި ގަވާއިދާއި އުސޫލު ހެދުމާއި އިޞްލާޙުކުރުން. - މީޑިއާއަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު، މީޑިއާ ސެކްޝަނަށް ގަވާއިދުން ދިނުން. - ސެކްޝަނުގެ ދުވަހު އެންޓްރީތައް ބެލެހެއްޓުމާއި، ފޯން ކޯލްތަކަށް ޖަވާބުދިނުމާއި، އިދާރީ މަސައްކަތްތައް ކުރުން. - ޑިވިޜަނުގެ އަހަރީ ވަރކް ޕްލޭނާއި، ބަޖެޓާއި، އަހަރު ރިޕޯޓް ތައްޔާރުކުރުމާއި، ދުވަހު ޔައުމިއްޔާ ތައްޔާރުކުރުން. - ޑިވިޜަނުގެ ލިޔުންކިޔުންތަކާއި ރިކޯޑްތައް ފައިލްކުރުމާއި، ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުން. - ޑިވިޜަނުގެ އެހެން ސެކްޝަންތަކުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން. - މަސައްކަތުގެ ދާއިރާއިން އޮފީހުން ހަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތެއް ކުރުން. - މަސައްކަތުގެ ދާއިރާއިން މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުގައި މަސައްކަތްކުރަން ޖެހިއްޖެ ހާލަތެއްގައި، މިނިސްޓްރީން ކަނޑައަޅާގޮތެއްގެމަތިން އެތަންތަނުގައި މަސައްކަތްކުރުން. - މަސައްކަތުގެ ދާއިރާއިން މިނިސްޓްރީގެދަށުން ހިނގާ ކުޑަކުދިންގެ ހިޔާއާއި އަމާންހިޔާގައި މަސައްކަތްކުރަން ޖެހިއްޖެ ހާލަތެއްގައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އެތަންތަނުގައި މަސައްކަތްކުރުން. - ސިވިލް ސަރވިސް ކޯޑް އޮފް ކޮންޑަކްޓަށް ޢަމަލުކުރުން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://gender.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.) 2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ، ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.) 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ، ކިޔަންއެނގޭވަރުގެ ސާފު ކޮޕީއެއް. 5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 6. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް. 7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން، މަޤާމާއި، ރޭންކާއި، ވަޒީފާ އަދާކުރި މުއްދަތު އެނގޭނޭ ލިޔުމެއް. 8. ވަޒީފާއެއްގައި އުޅޭނަމަ، އެތަނެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. |
||
ސުންގަޑި: |
2016 ނޮވެންބަރު 6 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން. |
||
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
- މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނީ، 2016 ނޮވެންބަރުމަހާއި ޑިސެންބަރުމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ. - ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް އިސްކަންދޭގޮތަށް، އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ. |
||
މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން: |
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް. - ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތްކުރުމާއި، ލިއުމުގެ ޤާބިލްކަން ލިބިފައިވުން. |
||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 3027529 އެވެ. |
23 މުޙައްރަމް 1438