ދިވެހިރާއްޖެ
އިޢުލާން
ސެންޓަރަލް ލައިބްރަރީގެ ތިރީގައި މިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ސެންޓަރަލް ލައިބްރަރީ ޢިމާރާތުގެ އެތެރެއާއި ބޭރުގައި ލާފައިވާ ރެނދުތައް މަރާމާތުކުރުން.
- އޮޓެމެޓިކް ސްލައިޑިން ޑޯ މަރާމާތުކުރުން.
ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 27 ވާ ބްރާސްފަތި ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރަލް ލައިބްރަރީއަށް ހާޒިރުވެ މައުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ކަރުދާސް، ކަރުދާސް ދިނުމަށް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން، އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީ ދުވަހުގެ 13:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 އޮކްޓޫބަރު 31 ވާ ހޯމަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރަލް ލައިބްރަރީގައެވެ.
22 މުޙައްރަމް 1438