ވަޒީފާގެ ފުރުޞަތު
ނަންބަރު: 216-MPAO/I/2016/29
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 15:59
ސުންގަޑި: 07 ނޮވެންބަރު 2016 16:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮފީހުގެ ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: މަހަކު -/7،000 ރުފިޔާ (ހަމަޖެހިފައިވާ އުސޫލުން އެލަވަންސް ދެވޭނެ)

ފެންވަރު ނުވަތަ ޝަރުޠު:

1. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓުފިކެޓު (އެޗް.އެސް.ސީ) އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

2. މަޤާމާ ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

3. ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން ރަނގަޅަށް އެނގުން.

4. ދިވެހިބަހާއި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 7 ވާ ހޯމަދުވަހުގެ 16:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތަކާއެކު، ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް ފޮނުވުން އެދެމެވެ.

އިންޓަވިއު: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

ތަކެތި ހުށަހަޅަންޖެހޭ އެޑްރެސް:

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސުއިޓްސް (6 ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން، މާލެ.

ފޯނު: 1441

އީމެއިލް: [email protected]

އިތުރު މަޢުލޫމާތު: ވަޒީފާއަށްއެދޭ ފޯމާއި، މި މަޤާމުގެ ވަޒީފާ ބަޔާން، މި އޮފީހުގެ http://pension.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016