މަސައްކަތް
ނަންބަރު: (IUL)138-AS6/2016/224
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 01 އޮކްޓޫބަރު 2016 00:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވިލިނގިލީ އަވަށުގައި ވެހިކަލް ގަރާޖެއް ހެދުމާބެހޭ

ވިލިނގިލީ އަވަށުގައި ވެހިކަލް ގަރާޖެއް ހެދުމާބެހޭ

މި މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް ވިލިނގިލީ އަވަށުގައި މިހާރު ހުރި ޢިމާރާތެއް މަރާމާތުކޮށް އެ ތަނުގައި ވެހިކަލް ގަރާޖެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 1 ވަނަ ދުވަހުގެ މެންދުރު 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 7 ވަނަ ދުވަހުގެ މެންދުރު 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 4353-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016