ދިވެހިރާއްޖެ
އިޢުލާން
ށ.މަރޮށި ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ އެންވަރަމަންޓް އިމްޕެކްޓެ އެސެސްމަންޓަށް ބޭނުންވާ އެންވަރަމަންޓަލް ކޮންސަލްޓަންސީއާއި ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މި މަސައްކަތާބެހޭ މަޢުލޫމާތު ޝީޓު މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ލިބިވަޑައިގަންނަވާނެ ކަމުގައި ދަންނަވަމެވެ.
މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުން 2016 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީގައި އޮންނާނެ ކަމުގައި ދަންނަވަމެވެ.
މި މަސައްކަތާބެހޭ ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް 2016 ނޮވެންބަރު 2 ވާ ހޯމަދުވަހު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމަށް ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންފްރަސްޓްރަކްޗަރ ޑިޕާޓްމަންޓް/ އެންވަރަމަންޓަލް މޮނިޓަރިންގ ޔުނިޓް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004327/3004110 ފެކްސް:3004301
އީ-މެއިލް: [email protected]