މަސައްކަތް
ނަންބަރު: (IUL)438-PPIRS/1/2016/170
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 06 ނޮވެންބަރު 2016 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެޗް.ސީ.އެފް.ސީ ގޭސް އިމްޕޯޓްކޮށް، ކޮންޓްރޯލްކޮށް މެނޭޖްކުރުމާބެހޭ

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ދިވެހިރާއްޖެއިން ބައިވެރިވެރިފައިވާ މުޢާހަދާއެއް ކަމަށްވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަގެ ދަށުން 2020ގެ ނިޔަލަށް ދިވެހިރާއްޖޭގައި އެޗް.ސީ.އެފް.ސީ ގޭސް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން 2017 ވަނަ އަހަރު ރާއްޖެއަށް މި ގޭސް އެތެރެކުރަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. 2017 ވަނައަހަރު ދިވެހިރާއްޖެއަށް ކަނޑައަޅަފައިވާ އެޗް.ސީ.އެފް.ސީގެ ކޯޓާއަކީ 43.6 މެޓްރިކްޓަނެވެ.

މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުއްވުމުން ބީލަން ފޮތްތަކުގެ އިލެކްޓްރޯނިކް ކޮޕީއެއް ލިބިވަޑައިގަންނަވާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 30 އޮކްޓޫބަރު 2016 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ. އަދި ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައި ނުގަނެވޭނެކަން ދަންނަވަމެވެ. ބަންދުކުރެވިފައިވާ ބީލަންތައް 2016 ނޮވެމްބަރު 06 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަން ވާނެއެވެ. އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހުށަހެޅޭ ބީލަން ގަބޫލެއް ނުކުރެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައްވެސް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުޅުވާނީ މަތީގައި ދެންނެވުނު ގަޑީގައި ތިރީގައިވާ އެޑްރެހަށް ހާޒިރުވެ ވަޑައިގަންނަވާ ބީލަންހުށަހަޅާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ނެޝަނަލް އޯޒޯން ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ގްރީން ބިލްޑިންގ،ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، ދިވެހިރާއްޖެ.

24 އޮކްޓޫބަރު 2016