1. ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކިލާސްތަކުގައި ކިޔަވައިދިނުން.
2. ލެކްޗަރތަކާއި، ޓިޔުޓޯރިއަލްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވޯރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ފަދަ ކަންކަން ރާވައި ހިންގުން.
3. ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުމާއި، އެ މާއްދާތަކުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
4. މުޤައްރަރުތަކާއި ކިޔަވައިދޭ މެޓީރިއަލްތައް އަޕްޑޭޓްކުރުމާއި، އައު މުޤައްރަރުތައް ފަރުމާކުރުން.
5. މާއްދާތަކުގެ އިމްތިޙާން ކަރުދާސް، ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް، ރިވިއުކުރަންޖެހޭ އިމްތިޙާން ކަރުދާސްތައް ރިވިއުކުރުމާއި، އިމްތިޙާންތައް ކުރިޔަށްގެންދިޔުމުގައި އެހީތެރިވުން.
6. ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތްކުރުން.
7. މާއްދާ ނުވަތަ ކޯސް ކޯޑިނޭޓްކުރުމުގެ ޒިންމާ ހަވާލުކުރެވިއްޖެނަމަ، އެ ދާއިރާތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ރާވައި ހިންގުމާއި، ކިޔަވައިދެވޭ ފެންވަރު ބެލުމާއި، ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދެވޭނޭގޮތް ހަމަޖެއްސެން.
8. ތަނާގުޅޭ ރިސާޗް ހަރަކާތްތައް ފާހަގަކޮށް، ރިސަރޗް މަސައްކަތްތައް ޢަމަލީގޮތުން ކުރުން.
9. އަމިއްލަގޮތުންނާއި އަދި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް، އެ ދިރާސާތައް ޝާއިޢުކުރުމަށް މަސައްކަތްކުރުން.
10. މަރުކަޒާއި ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމެޓީތަކުގައި ބައިވެރިވުން.
11. ފެކަލްޓީގެ ކަންތައްތައް ރަނގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައި، އަމިއްލަ ގޮތުންވެސް މަސައްކަތްކުރުން.
12. ކިޔަވައިދިނުމުގެ އިތުރުން ފެކަލްޓީއާއި ޔުނިވަރސިޓީއާ ގުޅުންހުރި ފަންނީ ހަރަކާތްތަކުގައި ބައިވެރިވެ، ޔުނިވަރސިޓީ ޕްރޮމޯޓްކުރުން.
13. މަތީގައިވާ ކަންކަމުގެ އިތުރުުން، މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ ކަންތައް ކުރުން.
|