ދިވެހިރާއްޖެ
އިޢުލާން
ނ. ކުޑަފަރީ ކުޅިވަރުކުޅޭ ސަރަޙައްދުގައި ހުރި ކުޅިވަރުގޭގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާ ގުޅޭ.
ނ. ކުޑަފަރީ ކުޅިވަރުކުޅޭ ސަރަޙައްދުގައި ހުރި ކުޅިވަރުގޭގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ކުރަންޖެހޭ ބައެއް މަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު: 58/2016/288 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކުޅިވަރުގޭގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރަންހުރި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 13:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 07 ވާ ހޯމަދުވަހުގެ 13:30 އަށް މއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ނުދުރުވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް، ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.
އަންދާސީހިސާބުތަކަށް ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް؛
މަސައްކަތުގެ އަގު: %80
މަސައްކަތުގެ މުއްދަތު: % 10
މަސައްކަތާއިގުޅޭ ތަޖުރިބާ: %5
ލޯކަލް އިންވެސްޓްމަންޓު ނުވަތަ ކުންފުންޏެއްނަމަ: %5
18 މުޙައްރަމް 1438