ކުއްޔަށް ހިފުން
ނަންބަރު: GS81(HR)/IUL/2016/45
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 01 ނޮވެންބަރު 2016 13:00
ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ގެއެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

2017 ވަނަ އަހަރު، މި ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ހޯދުމާގުޅޭ

2017 ވަނަ އަހަރު، މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް، ރަނގަޅު ފެންވަރުގެ ދެކޮޓަރިއާއި ސިޓީންގރޫމާއި، ބަދިގެ ހިމެނޭގޮތަށް (ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކެ) ހުރި ގެއެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، ރަނގަޅު ފެންވަރުގެ  ދެކޮޓަރިއާއި ސިޓީންގރޫމާއި، ބަދިގެ ހިމެނޭގޮތަށް (ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކު) ހުރި ގެއެއް، މި ސްކޫލަށް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 01 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށް، ސްކޫލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު، 2016 ނޮވެންބަރު 03 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް ސިޓީ ހިއްޕަވައިގެން މި ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

ދެންނެވިފައިވާ ގަޑިއަށް ހާޒިރުވެ ލެއްވުމަށް އުޒުރުވެރިވެލައްވާ ބޭފުޅުން، 2016 ނޮވެންބަރު 01 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރަސްމީގަޑީގައި މި ސްކޫލުގެ 6500538 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވައި، ހުށަހަޅުއްވާ ސިޓީ ގަބޫލުކުރެވެން ނޯންނާނެ ވާހަކަވެސް މި ފުރުސަތުގައި ދަންނަވަމެވެ.  

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 މުޙައްރަމް 1438

19 އޮކްޓޫބަރު 2016