މަސައްކަތް
ނަންބަރު: (IUL)340/340/2016/63
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:55
ސުންގަޑި: 31 އޮކްޓޫބަރު 2016 12:30
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ޕްރައިވެޓް ބީޗުގައި ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރަސްދޫ ޕްރައިވެޓް ބީޗުގައި ފެންސްޖެހުން:

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކައުންސިލުން ބައެއް ތަކެތި ދިނުމުން މި ރަށުގެ ޕްރައިވެޓް ބީޗުގެ ގޮތުގައި މި ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދުގައި ފެންސްޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 31 ވަނަ ދުވަހުގެ 12:30 އަށް މި ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 06 ވަނަ ދުވަހުގެ 12:30 އަށް މި ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާއިރު، ދިވެހި ރައްޔިތެއް އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އެހެން ފަރާތެއް މަޢުލޫމާތު ސާފުކުރަން ފޮނުވާނަމަ، އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަން ޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ.

20 އޮކްޓޫބަރު 2016