ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-PDU/1/2016/174
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 13 ނޮވެންބަރު 2016 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު: ކޮމިއުނިކޭޝަން އެންޑް އެވެއަރނަސް އޮފިސަރ

އިޢުލާން

ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ކޮމިއުނިކޭޝަން އެންޑް އެވެއަރނަސް އޮފިސަރ (ސީ.އޭ.އޯ)  

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެދަށުން ކުރިއަށްގެންދާ "ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ ކޮމިއުނިކޭޝަން އަދި އެވެއަރނަސް މަސައްކަތްތައް މެނޭޖްކުރާނެ ކޮމިއުނިކޭޝަން އެންޑް އެވެއަރނަސް އޮފިސަރެއް ހޯދަން ބޭނުންވެއެވެ.

ޕްރޮޖެކްޓް ކޮމިއުނިކޭޝަން އެންޑް އެވެއަރނަސް އޮފިސަރގެ މަސްއޫލިއްޔަތަކުގެ ތެރޭގައި، ޕްރޮޖެކްޓުގައި ހިމެނިފައިވާ ކޮމިއުނިކޭޝަން އަދި އެވެއަރނަސްގެ އެކި މަސައްކަތްތައް ޕްރޮޖެކްޓް ޓީމާއި ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދިޔުން ހިމެނެއެވެ.

ކޮމިއުނިކޭޝަން އެންޑް އެވެއަރނަސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

(ހ) ކޮމިއުނިކޭޝަން/ މާކެޓިން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މިކަމާ ގުޅޭ ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުން.

(ށ) ކޮމިއުނިކޭޝަން އަދި ޕަބްލިކް އެވެއަރނަސް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

(ނ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުމާއި، ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން. 

(ރ) ރާއްޖޭގައި ސޯސަލް މާކެޓިންގ ސްރެޓެޖީ އަދި ޕަބްލިކް އެވައަރނަސް ކެމްޕައިން ރާވައި ހިންގުމުގެ ޤާބިލްކަން ލިބިފައިވުން.

(ބ) ފެނާއި ނަރުދަމާގެ ދާއިރާއިން މަޝްރޫޢުތައް ހިންގުމުގައި ޢަމަލީ ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

(ޅ) ވޯޓަރ ސަޕްލައިއާއި ސެނިޓޭޝަން ދާއިރާއާ ގުޅޭގޮތުން އެވެއަރނަސް ޕްރޮގްރާމް ހިންގާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ކ) މާސްމީޑިޔާގެ ދާއިރާތަކުގެ އުފެދުމާއި ކުރިއަރަމުން އަންނަ އާ ޓެކްނޮލޯޖީތަކަށް އަހުލުވެރިކަން ލިބިފައިވާ މީހެއްކަމުގައިވުން.

(އ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި، އުފެއްދުންތެރި އައު ޚިޔާލުތަކާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެއްކަމުގައިވުން.

(ވ) މަޤާމާ ގުޅޭގޮތުން ކުރަންހުރި ހުރިހާ މުޢާމަލާތާއި، މީޑިއާއަށް ފޯރުކޮށްދޭ މަޢުލޫމާތަކާއި، ކަމާ ގުޅޭ އެވެއަރނަސް ޕްރޮގްރާމްތަކުގެ ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިޔުންތައް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ބެލެހެއްޓުން.

(މ) މީޑިއާ މަޢުލޫމާތައް އިނގިރޭސިބަހާއި ދިވެހިބަހުން ތައްޔާކުރުމުގެ ތަޖުރިބާ ލިބިފައިވުން.

(ފ) ޓީވީ، ރޭޑިއޯ ނުވަތަ މާސްމީޑިޔާގެ ދާއިރާއިން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެއްކަމުގައިވުން.

(ތ) ޕްރޮޖެކްޓާބެހޭ މަޢުލޫމާތު، ޕްރޮޖެކްޓުގެ މަސައްކަތުގެ ލަނޑުދަނޑިތައް ރަނގަޅަށް އެނގި، އެ ލަނޑުދަތިތައް ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ނަގައިގަތުމުގެ ހުނަރާއި ޤާބިލިއްޔަތުކަން ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ލ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ހީވާގި މީހަކަށްވުމާއެކު، ޕްރޮޖެކްޓުގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.

(ގ) މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ، ނަޒާހަތްތެރި، އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.

(ޏ) މި މަޤާމަށް ހޮވޭ ފަރާތައް ކުރަންޖެހޭ ޕްރޮޖެކްޓުގެ މަސައްކަތުގެ ލަނޑުދަނޑިތައް ރަނގަޅަށް އެނގި، އެ ލަނޑުދަތިތައް ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް އެނގެންވާނެއެވެ. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުމާއި، ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.

އިންޓަވިއު: އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް، އިންޓަވިއުއަށް ދަޢުވަތު އެރުވޭނެއެވެ. އަދި އެފަރާތެއް ކުރިން ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ ހެކިކޮށްދޭނެ ފަރާތްތަކުގެ ތަފްސީލް ފޮނުވުމަށް އެންގޭނެއެވެ.

އުޖޫރަ: މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި، މަހަކު -/23،000 ދިވެހި ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު: މި މަސައްކަތުގެ މުއްދަތަކީ 24 (ސައުވީސް) މަސްދުވަހެވެ. މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު 1 (އެކެއް) އަހަރުދުވަހަށް އިތުރުކުރެވިދާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް: މަތީގައި ބަޔާންވެފައިވާ މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މިމަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި، ހުނަރާއި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

ސުންގަޑި: ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެމްބަރ 15 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އޯފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯން:   453-3018-960+

ފެކްސް: 301-3018-960+

އީމެއިލް: [email protected]

އިތުރު މައުލޫމާތު:

- މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ www.environment.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] ގެ އެޑްރެހަށް އީމެއިލްކުރުން އެދެމެވެ. ނުވަތަ މި މިނިސްޓްރީގެ 3018453 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                                    19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016