ދިވެހިރާއްޖެ
ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް
12 ރަށުގެ ފެނާއި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކުތައް ޑިޒައިންކުރުމަށް ފަންނީ އެހީތެރިކަން ހޯދުން
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު
އިންޑިވިޖުއަލް ކޮންސަލްޓަންޓް
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ ''ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް'' ގެ ދަށުން ފެނާ ގުޅޭ މަސައްކަތްތައް އިމްޕްލިމެންޓްކޮށް، މޮނިޓަރކޮށް، ޑިވެލޮޕްކުރުމަށްޓަކައި ސަރވޭއާއި ޑިޒައިންގެ މަސައްކަތަށް ބޭނުންވާ ފަންނީ ލަފާދިނުމަށްޓަކައި އިންޑިވިޖުއަލް ކޮންސަލްޓަންޓެއް ޢައްޔަނުކުރަން ބޭނުންވެއެވެ.
އިންޑިވިޖުއަލް ކޮންސަލްޓަންޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ ލަފާދިނުމާއި، ޕްރޮޖެކްޓް ރާވައި ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތައް، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީން ހުޅުވައިލަމެވެ. އެހެންކަމުން، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުން އެދެމެވެ.
އިންޑިވިޖުއަލް ކޮންސަލްޓަންޓުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
(ހ) ސިވިލް އިންޖިނިއަރިންގ ނުވަތަ ފެނާއި ތިމާވެށީގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.
(ށ) މަދުވެގެން 5 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު، މަދުވެގެން 3 އަހަރުދުވަހު ސިވިލް ވޯރކް/ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ޑިޒައިންކުރުމުގައްޔާއި ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
(ރ) މައިކްރޯސޮޕްޓް އޮފީސް ޕެކޭޖާއި، ކޮމްޕިއުޓަރ އެއިޑެޑް ޑިޒައިން ސޮފްޓްވެއަރތަކަށް އަހުލުވެރިވެފައިވުން.
(ބ) މަޝްރޫޢާ ގުޅޭ ތަފާތުއެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި، ޕްރޮޖެކްޓް ޓީމް މޯޓިވޭޓްކުރުވުމާއި، ލީޑަރޝިޕް ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
(ޅ) ފަރިތަކަމާއެކު އިނގިރޭސިބަހުން މުޢާމަލާތްކުރުމާއި، ޕްރެޒެންޓޭޝަން ދިނުމާއި، ނެގޯސިއޭޓްކުރުމުގެ ހުނަރު ލިބިފައިވުން.
(ކ) ރާއްޖޭގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމަކީ، މިކަމަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި އިސްކަންދެވޭނެ ކަމެކެވެ.
(އ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުމާއި، ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.
(ވ) މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގެ ޓީމާއެކު ހަފްތާއަކު 35 – 40 ގަޑިއިރު މަސައްކަތްކުރުމަށް ވަގުތުދިނުން.
(މ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުމާއެކު، ޕްރޮޖެކްޓުގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.
(ފ) މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ، ނަޒާހަތްތެރި، އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
މަސައްކަތުގެ މުއްދަތު:
މި މަސައްކަތްކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއިކުރެވޭނީ 6 (ހައެއް) މަސްދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާޓްމަންޓަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، މުއްދަތު އިތުރުކުރެވިދާނެއެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް:
މަތީގައި ބަޔާންވެފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވައިލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެގޮތުން ތިރީގައިވާ ލިޔުންތައް ހުށަހެޅުން އެދެމެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ.
- ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.
- ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތާއި، މިފަދަ މާޢުހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާގެ ލިޔުންތައް.
ސުންގަޑި:
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، "ޓާރމްސް އޮފް ރިފަރެންސް" ގައި ބަޔާންވެފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު، 2016 ނޮވެންބަރު 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯސަލް" ހުށަހެޅުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
އޯފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯން: 453-3018-960+
ފެކްސް: 301-3018-960+
އީމެއިލް: [email protected]
އިތުރު މަޢުލޫމާތު:
- މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ www.environment.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] ގެ ޑްރެހަށް އީމެއިލް ކުރުން އެދެމެވެ. ނުވަތަ 3018453 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
19 މުޙައްރަމް 1438