މަސައްކަތް
ނަންބަރު: (IUL)307/INDIV/2016/89
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 01 ނޮވެންބަރު 2016 13:30
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ރަށުގައި ބަށިކޯޓެއް އެޅުމާބެހޭ:

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މި ރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބަށިކޯޓުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 1 ވާ އަންގާރަދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 13:30 ގައެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްްފައެވެ. އަންދާސީހިސާބު ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައި އަންދާސީހިސާބު ކެނޑުން އޮންނާނެއެވެ. ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކާއި އަމިއްލަ ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 މުޙައްރަމް 1438

18 އޮކްޓޫބަރު 2016