ވަޒީފާގެ ފުރުޞަތު
ނަންބަރު: GS196/IUL/2016/22
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 07 ނޮވެންބަރު 2016 14:00
ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
ޕްރީސުކޫލް ޓީޗަރ

އިޢުލާން

ޕްރީސްކޫލް ޓީޗަރުން ހޯދުމަށް:

މަޤާމް: ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު: 2 (ދޭއް)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (1 އަހަރުދުވަސް)

ވަޒީފާ އޮތް އޮފީސް: ކޮނޑޭ ސުކޫލް، ގއ. ކޮނޑޭ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ސެކްޝަން، ކޮނޑޭ ސުކޫލް، ގއ. ކޮނޑޭ 

ޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އެލް. ކޭ. ޖީ. އާއި، ޔޫ. ކޭ. ޖީ. ގެ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:

މަޤާމް

މަޤާމުގެ

ރޭންކް

މަޤާމުގެ

ކްލެސިފިކޭޝަން

މަޤާމުގެ

ޝަރުޠު

މުސާރަ

ސަރވިސް

އެލަވަންސް

ޕްރީ ސްކޫލް

އެސިސްޓެންޓް ޓީޗަރ

GS1

ޕްރީ ސްކޫލް

ޓީޗަރ 1

މަޤާމުގެ  މަސައްކަތްކުރުމުގެ

ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ

އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'

ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް

ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން

ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

މަހަކު

3565/-

ރުފިޔާ

މަހަކު

-/1500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

GS2

ޕްރީ ސްކޫލް

ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ސެޓުފިކެޓު

ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު

-/4000

ރުފިޔާ

މަހަކު

-/1500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

GS3

ޕްރީ ސްކޫލް

ޓީޗަރ 3

ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ނުވަތަ އާރލީ

ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓުފިކެޓު

ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު

-/4465

ރުފިޔާ

މަހަކު

-/1500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

GS4

ޕްރީ ސްކޫލް

ޓީޗަރ 4

- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ނުވަތަ

އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން

ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދިނުމުގެ  ރޮނގުން  ސެޓުފިކެޓު

ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު

-/5020

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS1

ޕްރީ ސްކޫލް

ޓީޗަރ 5

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން.

މަހަކު

5610/-

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS2

ޕްރީ ސްކޫލް

ޓީޗަރ 6

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ

ހާސިލުކޮށްފައިވުން.

މަހަކު

-/6295

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS3

ޕްރީ ސްކޫލް

ޓީޗަރ 7

- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ބެޗްލަރސް

ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން

އެޑްވާންސްޑް ސެޓުފިކެޓެއް ނުވަތަ ޑިޕްލޮމާ

ހާސިލުކޮށްފައިވުން. ނުވަތަ؛

- ޕްރީ ސްކޫލް ޓީޗަރ 6 ގެ މަޤާމުގެ ޝަރުޠު

ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު

އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު

7035/-

ރުފިޔާ

މަހަކު

2500/-

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS4

ޕްރީ ސްކޫލް

ޓީޗަރ 8

- ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

- ޕްރީ ސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުޠު

ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު

އުޅެ ތަޖުރިބާ ލިބިފައިވުން.

މަހަކު

7875/-

ރުފިޔާ

މަހަކު

2500/-

ރުފިޔާ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ފާއިތުވި އަހަރުތަކުގައި ޕްރީސްކޫލް ޓީޗަރެއްގެގޮތުގައި އުޅެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

އިންޓަވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރާނެ ތާރީޚެއް ފަހުން އެންގޭނެއެވެ.

- އިންޓަވިއުއަށް ހާޒިރުވާއިރު ތަޢުލީމީ ސެޓުފިކެޓުތަކާއި، ހުށަހަޅާފައިވާ އެހެނިހެން ލިޔުންތަކުގެ އަސްލު ހުށަހަޅަންވާނެއެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބައްލަވައި، ތައްގަނޑު ޖައްސަވާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނޭ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ކޮނޑޭ ސުކޫލަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ނޮވެންބަރު 7 ވާ ހޯމަދުވަހުގެ 14:00 އެވެ.

ނޯޓު: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 6820097 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016