މަސައްކަތް
ނަންބަރު: (IUL)261/261/2016/64
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 21:35
ސުންގަޑި: 01 ނޮވެންބަރު 2016 11:00
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ކޮޓަރީގެ އެޕާޓްމަންޓެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުއްމުގެ ދަޢުވަތު:

މިރަށު ރަށްވެހިގޭ ގޯތިތެރޭގައި 2 ކޮޓަރީގެ އެޕާޓްމަންޓެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް 26 ސެޕްޓެންބަރު 2016 މި ތާރީޚުގައި މި އިދާރާއިން ކުރި ނަންބަރު (IUL)261/261/2016/55 އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ. 

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މިރަށު ރަށްވެހިގޭ ގޯތިތެރޭގައި 2 ކޮޓަރީގެ އެޕާޓްމަންޓެއް އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 1 ވާ އަންގާރަދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވާއިރު، ކުންފުނި /ވިޔަފާރި /އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަން ސެޓްފިކެޓުގެ ކޮޕީއެއް ގެންނަވަންވާނެއެވެ. ބަދަލުގައި އެހެން ފަރާތެއް ދުރުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މީގެ އިތުރުން، ކުންފުނި /ވިޔަފާރި /އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ބަދަލުގައި ދުރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއަކުންނެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި ހުށަހަޅުއްވާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016