މަސައްކަތް
ނަންބަރު: IAS/MIS/2016/1832
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 21:26
ސުންގަޑި: 06 ނޮވެންބަރު 2016 10:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ހދ. ހަނިމާދޫގައި ހިންގާ ކަށިމާ ލައުންޖުގެ ޢިމާރާތް މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ކުންފުނީގެ ފަރާތުން ހދ. ހަނިމާދޫގައި ހިންގާ ކަށިމާ ލައުންޖުގެ ޢިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް، މިކަމާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވޭ ބައްދަލުވުން 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 10:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ. ރާވެރިގެ (މަޖީދީ މަގު)ގައި އޮންނާނެއެވެ. އިޢުލާނުގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑްހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 10:00 ގައި މި އޮފީހުގައި އޮންނާނެއެވެ.

މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016