މަސައްކަތް
ނަންބަރު: IUL-B/GS152/2016/44
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 21:00
ސުންގަޑި: 01 ނޮވެންބަރު 2016 13:00
މަތިވެރި ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމުގެ ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ގުރޭޑް 6، 7 ގެ ކްލާސް ރޫމުގެ ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން:

މި ސްކޫލުގެ ގުރޭޑް 6،7 ގެ ކްލާސް ރޫމުގެ ސީލިންގު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL-B/GS152/2016/E39 (6 އޮކްޓޫބަރު 2016) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތައް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 1 ވާ އަންގާރަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 13:00 އަށް ބީލަން ހުށަހެޅުން އެދެމެވެ.

ބީލަން ހުށަހަޅުއްވާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ. ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016