މަސައްކަތް
ނަންބަރު: GS-80/IUL/2016/27
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 20:42
ސުންގަޑި: 02 ނޮވެންބަރު 2016 13:00
އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
1 ކުލާސްރޫމުގެ ސީލިންގ މަރާމާތުކުރުމުގެ މަސައްކަތް

އިޢުލާން

1 ކުލާސްރޫމުގެ ސީލިންގ މަރާމާތުކުރުމުގެ މަސައްކަތް

 މި ސްކޫލުގެ 1 ކުލާސްރޫމުގެ ސީލިންގ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ސްކޫލުން ކުރި ނަންބަރު GS-80/IUL/2016/23 (04 އޮކްޓޫބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ މެންދުރުފަހު 13:00 ގައި މި ސްކޫލުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ނޮވެންބަރު 08 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:45 ގައި މި ސްކޫލްގައެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި އަންދާސީހިސާބު ހުށަހެޅުމަށް އޮންނަ ގަޑީގެ ފަހުން ހުށައަޅާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އުލިގަމު މަދަރުސާގެ 6500548 ނަންބަރު ފޯނަށެވެ.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016