މަސައްކަތް
ނަންބަރު: GS-169/IUL/2016/27
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 20:28
ސުންގަޑި: 06 ނޮވެންބަރު 2016 13:00
ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
ކޮންޕިއުޓަރ ލެބްގެ ނެޓްވަރކްއެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސްކޫލުގެ ކޮންޕިއުޓަރ ލެބްގެ ނެޓްވަރކްއެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

- މި މަސައްކަތް ހަވާލުކުރެވޭނީ މިފަދަ މަސައްކަތްތައް ކުރުމަށް ރަޖިސްޓަރީކުރެވިފައިވާ ފަރާތަކަށެވެ.

- އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި، ކޮން މަސައްކަތަކާ ގުޅޭ އަންދާސީހިސާބެއްކަން އެނގެން އޮންނަންވާނެއެވެ.

- މަޢުލޫމާތު ސާފުކުރަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރަން އެއްވެސް ފަރާތެއްގެ ބަދަލުގައި ހާޒިރުވާނަމަ، ވެރިފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި، ކްލަބް ނުވަތަ ޖަމްޢިއްޔާއަކުންނަމަ، އެ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ރަސްމީ ސިޓީއެއް ހުށަހަޅަންވާނެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

- އަންދާސީހިސާބުތައް ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅަން ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެެ މެންދުރުފަހު 1:00 އަށް ސްކޫލު އޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 19 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 1:00 އަށް އަންދާސީހިސާބު ހިފައިގެން ސްކޫލުގެ އޮފީހަށް ހާޒިރުވުމަށް ދަންނަވަމެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާނަމަ، 7952913 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

20 އޮކްޓޫބަރު 2016