ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ނަންބަރު 91/2016/(IUL)196-C/1(11 އޮކްޓޫބަރު 2016) އިޢުލާނުގައިވާ މަޤާމުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޝަރުޠު ހަމަވެފައިނުވާތީ، މި މަޤާމުތަކަށް އަލުން އިޢުލާންކުރަމެވެ.
މަޤާމު: ސޮފްޓްވެއަރ ޑިވެލޮޕަރ (ވަގުތީ)
ބޭނުންވާ އަދަދު: 02 (ދޭއް)
މުއްދަތު: 6 (ހައެއް) މަސް
މުސާރައާއި ޢިނާޔަތް: މަހަކު -/15,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތްކުރުން
ފެންވަރު ނުވަތަ ޝަރުޠު:
(ހ) މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
(ށ) PHP ނުވަތަ .NET ޓެކްނޮލޮޖީއަށް އަހުލުވެރިވުން
(ނ) JQuery, CSS3 ,HTML5, JavaScript ފަދަ ވެބް ޓެކްނޮލޮޖީ އަށް އަހުލުވެރިވުން
(ބ) MSSQL ނުވަތަ MySQL އަށް އަހުލުވެރިވުން
(ޅ) ސިސްޓަމް އެނަލައިސިސް އެންޑް ޑިޒައިނިންގ އަދި ސޮފްޓްވެއަރ ޑިވެލޮޕްމެންޓް ލައިފް ސައިކަލްއަށް އަހުލުވެރިވުން
މަޤާމު: ޔޫ.އައި ޑިޒައިނަރ (ވަގުތީ)
ބޭނުންވާ އަދަދު: 01 (އެކެއް)
މުއްދަތު: 6 (ހައެއް) މަސް
މުސާރައާއި ޢިނާޔަތް: މަހަކު -/15,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތްކުރުން
ފެންވަރު ނުވަތަ ޝަރުޠު:
(ހ) މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުން
(ށ) PHP ނުވަތަ .NET ޓެކްނޮލޮޖީއަށް އަހުލުވެރިވުން
(ނ) JQuery, CSS3 ,HTML5, JavaScript ފަދަ ވެބް ޓެކްނޮލޮޖީ އަށް އަހުލުވެރިވުން
(ބ) MSSQL ނުވަތަ MySQL އަށް އަހުލުވެރިވުން
(ޅ) ސިސްޓަމް އެނަލައިސިސް އެންޑް ޑިޒައިނިންގ އަދި ސޮފްޓްވެއަރ ޑިވެލޮޕްމެންޓް ލައިފް ސައިކަލްއަށް އަހުލުވެރިވުން
ވީމާ، މި މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ([email protected]) މެދުވެރިކޮށް ފޮނުވާ ފޯމުވެސް ބަލައިގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
2- ވަނަވަރު
3- ދރއ. ކާޑުގެ ކޮޕީ
4- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
22 މުޙައްރަމް 1438