ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2016/221
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 06 ނޮވެންބަރު 2016 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

އިޢުލާން

މި މިނިސްޓްރީގެ ނަންބަރު (IUL)138-AS4/1/2016/177 (15 އޮގަސްޓު 2016) އިން ތިރީގައިވާ މަޤާމަށް މީހަކު ހޯދުމަށް ކޮށްފައިވާ އިޢުލާނަށް ޝަރުޠު ހަމަވާ ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި މަޤާމަށް އިޢުލާން ކުރަމެވެ.

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-251800

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ސެކްޝަން،  އޮފީސް، ރަށް:

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/8835 ރ

- ސަރވިސް އެލަވަންސް: މަހަކު -/2000 ރ

- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

1. އިންފޮރމޭޝަން ޓެކްނޮލޮޖީ / ކޮމްޕިޔުޓަރ ސައިންސް / ސޮފްޓްވެއަރ އިންޖިނިއަރިންގ / ނެޓްވަރކިންގ / ކޮމްޕިޔުޓިންގ އިންފޮރމޭޝަން ޓެކްނޮލޮޖީ / އިންފޮރމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އިންފޮރމޭޝަން ޓެކްނޮލޮޖީ / ކޮމްޕިޔުޓަރ ސައިންސް / ސޮފްޓްވެއަރ އިންޖިނިއަރިންގ / ނެޓްވަރކިންގ / ކޮމްޕިޔުޓިންގ އިންފޮރމޭޝަން ޓެކްނޮލޮޖީ / އިންފޮރމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. އިންފޮރމޭޝަން ޓެކްނޮލޮޖީ / ކޮމްޕިޔުޓަރ ސައިންސް / ސޮފްޓްވެއަރ އިންޖިނިއަރިންގ / ނެޓްވަރކިންގ / ކޮމްޕިޔުޓިންގ އިންފޮރމޭޝަން ޓެކްނޮލޮޖީ / އިންފޮރމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންފޮރމޭޝަން ޓެކްނޮލޮޖީ / ކޮމްޕިޔުޓަރ ސައިންސް / ސޮފްޓްވެއަރ އިންޖިނިއަރިންގ / ނެޓްވަރކިންގ / ކޮމްޕިޔުޓިންގ އިންފޮރމޭޝަން ޓެކްނޮލޮޖީ / އިންފޮރމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. އިންފޮރމޭޝަން ޓެކްނޮލޮޖީ / ކޮމްޕިޔުޓަރ ސައިންސް / ސޮފްޓްވެއަރ އިންޖިނިއަރިންގ / ނެޓްވަރކިންގ / ކޮމްޕިޔުޓިންގ އިންފޮރމޭޝަން ޓެކްނޮލޮޖީ / އިންފޮރމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  އިންފޮރމޭޝަން ޓެކްނޮލޮޖީ / ކޮމްޕިޔުޓަރ ސައިންސް / ސޮފްޓްވެއަރ އިންޖިނިއަރިންގ / ނެޓްވަރކިންގ / ކޮމްޕިޔުޓިންގ އިންފޮރމޭޝަން ޓެކްނޮލޮޖީ / އިންފޮރމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އައި.ސީ.ޓީއާ ގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ އައި.ސީ.ޓީ ޕްލޭނުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  2. އައި.ސީ.ޓީ ސެކްޝަންގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  3. އައި.ސީ.ޓީ ސެކްޝަނުންކުރާ މަސައްކަތްތަކުގައި، ފަންނީގޮތުން ބަލަންޖެހޭ އެންމެހައި ކަންތައްތައް ބަލައި އެކަންތައްތައް މަގުފަހިކޮށްދިނުން.
  4. އައި.ސީ.ޓީ ސެކްޝަނުގެ މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރުމާއި މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމާތޯ ބެލުން.
  5. މިނިސްޓްރީގެ ސެކްޝަންތަކާއި ޔުނިޓުތަކަށް ބޭނުންވެގެން އައި.ސީ.ޓީއާ ގުޅޭ ގޮތުން ހޯދަންޖެހޭ ހޯދުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  6. އައި.ސީ.ޓީ ސެކްޝަނުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަންތައްތައް ރޭވުމާއި، ރާވާގޮތުގެ މަތިން ކަންތައްތައް ހިނގާތޯ ބެލުމާއި، އެކަންކަން ބެލެހެއްޓުމުގައި ޒިންމާވެ މަސައްކަތް ކުރުން.
  7. ސެކްޝަނުގެ މުވައްޒަފުން މަސައްކަތް ކުރާ ގޮތް ބަލައި އިޞްލާޙުކުރަންޖެހޭ އެންމެހައި ކަންތައްތައް އިޞްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  8. މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާއިން ކުރާ މުހިންމު ކަންތައްތަކާއި ހިންގާ މަޝްރޫޢުތަކާއި، ޕްރޮގްރާމުތަކުގެ ޚަބަރާއި މަޢުލޫމާތު ފެތުރުމާއި މި ދާއިރާގެ ކަންތައްތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

  1. ތައުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު
  4. ތެދުވެރިކަމާއި، ރަނގަޅަށް މުޢާމަލާތްކުރުމުގެ ހުނަރާއި އެކަށީގެންވާ ރަނގަޅު ލީޑަރޝިޕް ސްޓައިލެއް ހުރުން.
  5. ވިސްނުންތޫނުކަމާއި، ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.
  6. ވިންޑޯސް ސަރވަރ، ޕީއޭބީ އެކްސް އަދި ޕްރޮގްރާމިންގ ލޭންގުއޭޖަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.
  7. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ނޮވެންބަރު 6 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.

އިންޓަވިއު ކުރުން އަދި ޕްރެޒެންޓޭޝަން ދިނުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އޮންނާނީ، 2016 ނޮވެންބަރު މަހުގެ ތާރީޚެއްގައި މާލޭގައެވެ.

- އިންޓަވިއުއާއި، ޕްރެޒެންޓޭޝަނަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން www.housing.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގަމުންގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތާއި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ ލިޔުމެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016