ދިވެހިރާއްޖެ
އިޢުލާނު
ވަޒީފާގެ ފުރުޞަތު މި ކޮމިޝަނުގެ ނަންބަރު (A)AC-2016/136 (12 އޮކްޓޫބަރު 2016) އިޢުލާން ބާޠިލުކޮށް އަލުން މި މަޤާމަށް އިޢުލާނުކުރަމެވެ. |
|
މަޤާމް: |
އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3) |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ސެކްޝަން |
ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން |
ބޭސިކް މުސާރަ: |
މަހަކު -/7035 (ހަތްހާސް ތިރީސް ފަހެއް) ރުފިޔާ |
ސާރވިސް އެލަވަންސް: |
މަހަކު -/2000 (ދެ ހާސް) ރުފިޔާ |
ލިވިންގ އެލަވަންސް: |
މަހަކު -/4000 (ހަތަރު ހާސް) ރުފިޔާ |
ޚާއްޞަ އެލަވަންސް: |
މުސާރައިގެ %45 |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަސައްކަތުގެ ވަގުތު: |
ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް |
ފެންވަރު ނުވަތަ ޝަރުޠު: |
|
މަސްއޫލިއްޔަތު: |
- ބަޖެޓް އެންޑް ފައިނޭންސް ސެކްޝަންގެ މަސައްކަތްތައް ރާވައި ހިންގުން. - ލިބޭ ފައިސާ ބަލައިގަތުމާއި، ފައިސާ ޖަމާކުރުމަށް ރަނގަޅު އިންތިޒާމެއް ހަމަޖެއްސުން. - ސަރުކާރުގެ އޮފީސްތަކަށް ފޮނުވަންޖެހޭ ފައިސާއާއި ގުޅުންހުރި އެންމެހައި ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވުން. - އެކި ކަންކަމާއި ތަކެއްޗާއި ޚިދުމަތާ ގުޅިގެން އެކި ތަންތަނަށް އެކި މުއްދަތުތަކަށް މި ކޮމިޝަނުން ދައްކަންޖެހޭ ފައިސާ މުއްދަތު ހަމަވުމުގެ ކުރިން ދެއްކޭނެ އިންތިޒާމު ހަމަޖައްސައި އެކަން ކަށަވަރުކުރުން. - ފައިސާއާބެހޭ އެންމެހައި ލިޔުންތަކާއި، އިދާރީ އެންމެހައި ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސައި އެކަން ކަށަވަރު ކުރުން. - ވަގުތީ ގޮތުން ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބުތައް ބެލެހެއްޓުން. - ޕެޓީކޭޝްގެ ގޮތުގައި ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބުތައް ބެލެހެއްޓުން. - އެކައުންޓްތަކުގެ ހިސާބު ދިމާވޭތޯ ބެލުމަށް މަހުން މަހަށް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކުރުން. - ލަފާކުރާ ބަޖެޓް ތައްޔާރުކޮށް ފޮނުވަން ކަނޑައެޅިފައިވާ މުއްދަތަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން. - އޮފީހުގެ މުވައްޒަފުންނާއި، ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާ މީހުންނަށް މުސާރައާއި އެލަވަންސާއި އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތަކުގެ ފައިސާދިނުން. - އިންތިޚާބުތަކާއި އާންމު ވޯޓް ނެގުން ފަދަ ކަންކަމަށް ގެންނަ މީހުންނަށް ދޭންޖެހޭ ފައިސާ ދިނުމާއި، އެކަން އިންތިޒާމުކޮށް ބެލެހެއްޓުން. - އިންތިޚާބީ ޚަރަދު ރިޕޯޓް ތައްޔާރުކޮށް ފޮނުވުން. - ކެންޑިޑޭޓުންގެ ޑިޕޮސިޓް ފައިސާ ބަލައިގަތުމާއި ރައްދުކުރަންޖެހޭ ފައިސާ ރައްދުކުރުމާ ބެހޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން. - ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުން. - ކޮމިޝަނަށް ލިބެންޖެހޭ ފައިސާ ހޯދުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން. - މި ނޫންވެސް ބަޖެޓަށް ލިބޭ ފައިސާއާއި ކުރެވޭ ޚަރަދުތަކުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ. - ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. - އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
ނޯޓު: |
މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. |
ސުންގަޑި: |
މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮކްޓޫބަރު 2016 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. |
އިތުރު މަޢުލޫމާތު |
- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލުކުރެވޭނެ އެވެ. - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަން ވާނެއެވެ. - މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ. - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާއިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. |
17 މުޙައްރަމް 1438
މީހުން ހޮވުމުގައި ބަލާ މިންގަނޑު
ތަފުސީލު |
މާކްސް |
ތަޢްލީމް |
40 މާކްސް |
މަސައްކަތު ތަޖުރިބާ |
15 މާކްސް |
އިންޓަރވިޔު |
35 މާކްސް |
ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު) |
10 މާކްސް |
ޖުމުލަ |
100 މާކްސް |
ޝޯޓްލިސްޓު ކުރެވޭގޮތް
- ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއިަ ހުނަރުގެ މާކްސްއަށް ބެލުމަށްފަހު ލިބޭ މާކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
- ތަޢުލީމީ ސެޓުފިކެޓަށް މާކްސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.