ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމުގެ ނަން: ކެރިއަރ ގައިޑެންސް އޮފިސަރ |
މުސާރަ: -/5610 ރުފިޔާ |
ސާރވިސް އެލަވަންސް: -/2000 ރުފިޔާ |
|
ރޭންކް: އެމް.އެސް 1 |
ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ބޭނުންވާ އަދަދު: 1 |
|
މަސައްކަތް ކުރަންޖެހޭ ތަން: ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ |
|||
ޝަރުޠު: 1- ސައިކޮލޮޖީ/ ސޯޝިއޮލޮޖީ/ ކެރިއަރ ކައުންސިލިންގ/ މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ސައިކޮލޮޖީ/ ސޯޝިއޮލޮޖީ/ ކެރިއަރ ކައުންސިލިންގ/ މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ 3- ސައިކޮލޮޖީ/ ސޯޝިއޮލޮޖީ/ ކެރިއަރ ކައުންސިލިންގ/ މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
|||
މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު: 1- ސެކްޝަންގެ މެންޑޭޓް ކުރެވިފައިވާ މަޤުޞަދުތައް ހާސިލުކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އިސްދައުރެއް އަދާކުރުން. 2- ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް ކުރެވޭ މަސައްކަތުގެ އަޕްޑޭޓް ދުވަހުން ދުވަހަށް ސްޕަވައިޒަރަށް ރިޕޯޓުކުރުން. 3- އަހަރުގެ އެކްޓިވިޓީ ކަލަންޑަރު ތައްޔާރުކޮށް އެކްޓިވިޓީތައް ކުރިއަށްދާ ގޮތް މޮނިޓާރކޮށް ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ބާރުއެޅުން. 4- ސެކްޝަނުން ދެވޭ ޚިދުމަތްތަކަށް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ރާވައި ހިންގުން. 5- ސެކްޝަނުގެ އިދާރީ މަސައްކަތް ބެލެހެއްޓުން. 6- ސެކްޝަނުގެ ބަޖެޓު ހެދުމުގައި އެހީތެރިވުން. |
|||
ނޯޓު: - މި މަޤާމުގެ އިންޓަވިޔު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިޔު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމުގައެވެ. - މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ. - ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލިމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރިޑެޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރިޑެޓް ކުރަން ނުޖެހޭނެއެވެ) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
|
|||
ވެބް ސައިޓް އެޑްރެސް www.youth.gov.mv
|