ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)434-HRD /434/2016/36
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 30 އޮކްޓޫބަރު 2016 13:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މިއެޖެންސީގެ އެޑްމިނިސްޓްރޭޝަން ސެކްޝަންގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން

ސްޕެޝަލް ޑިއުޓީ އެލަވެންސް

އަސާސީ މުސާރައިގެ %35

ޑިޕާރޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / މާލެ

މަސައްކަތް ކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އެޖެންސީ / މާލެ (އެޑްމިނިސްޓްރޭޝަން ސެކްޝަން)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މި އެޖެންސީއާއި، މި އެޖެންސީގެ ދަށުން ހިންގާ ސެންޓަރުތަކުގައި ކުރާ މަރާމާތުތަކާއި އެހެނިހެން ޚިދުމަތްތައް ހޯދުމަށް ހަދަންޖެހޭ އެއްބަސްވުން ހަދައި ސޮއިކުރުވުން.
  2. އަހަރީ ރިޕޯޓު ނިންމަންޖެހޭ ތާރީޚަށް ނިންމުމުގެ މަސައްކަތްކުރުން.
  3. ކައުންޓަރުގެ ޚިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއެކު ކައުންޓަރުގެ މަސައްކަތްތަކުގައި ދިމާވާ މަސައްކަތްތަކުގެ ހައްލު ހޯދައިދިނުން.
  4. ޓެންޑަރ ކޮމެޓީގެ ބައްދަލުވުންތަކާއި ޑިސްކާޑް ކޮމިޓީގެ ބައްދަލުވުންތަކާއި، ބިޑްތަކާ ގުޅިގެން ކުރަންޖެހޭ އިންތިޒާމުތަކާބެހޭ ކަންކަން ރޭވުމާއި، ސަޕޯޓް ސަރވިސް ޑިވިޜަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމާއި އެހެނިހެން ލިޔުންތައް ތައްޔާރުކުރުން.
  5.  ނީލަން ކިޔުމާއި، އުކާލެވޭ ތަކެއްޗާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
  6. މި އެޖެންސީއާއި މި އެޖެންސީގެ ދަށުން ހިންގާ ސެންޓަރުތަކުގެ ކެއުމުގެ ބިލުތަކާއި، ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން ހުށަހަޅާ ބިލުތަކުގެ މަސައްކަތްކުރުން.
  7. މި އެޖެންސީން ކުރާ ދަތުރުތަކުގެ އިންތިޒާމުތައް ހަމަޖެއްސުން (ޓިކެޓް ރިޒަވޭޝަން ހަދައި، ޓިކެޓް ނެގުމާއި، ހުރުމާއި، ކެއުމުގެ އެލަވަންސް ހަމަޖެއްސުމާއި، ދަތުރުތަކުގެ ބިލުތަކުގެ މަސައްކަތްކުރުން).
  8. މި އެޖެންސީގެ ދަށުން ހިންގާ ސެންޓަރުތަކަށް ތަކެތި ފޮނުވުމަށްފަހު އަންނަ ބިލުތަކުގެ މަސައްކަތްކުރުން.
  9. އެން.ޑީ.އޭގެ ސެކްޝަންތައް ހިންގުމަށް ބޭނުންވާ ކަންތައްތަކުގެ ތެރެއިން އެޑްމިން ސެކްޝަނުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  10. ހަރު މުދަލުގެ ރަޖިސްޓަރީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމާއެކު އެ މަސައްކަތް މޮނިޓަރކުރުން.
  11. ސްޓޮކް ބެލެހެއްޓޭނެ އިންތިޒާމުކޮށް އެ މަސައްކަތް މޮނިޓަރކުރުން.
  12. ގަވަރންމަންޓް އީލެޓަރ މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތްތައްކުރުން.
  13. ހަވާލުވެފައިވާ މަސައްކަތްތަކާބެހޭ ލިޔެކިއުންތަކުގެ ރިކޯޑް މެއިންޓެއިންކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު

  1. ބިޒްނަސް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ބިޒްނަސް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

  2.  ބިޒްނަސް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ

  3. ބިޒްނަސް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު

2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓެއް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

3. ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް ވެސް (އެކްރެޓިޑްކޮށްފައި ނުވި ނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެ ވާހަކަ ދަންނަވަމެވެ.

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

7. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 

8. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި

2016 ނޮވެންބަރު 1 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަންވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައިއެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ސްކްރީނިންގ

  • އިޢުލާނުގައިވާ ހުށަހަޅަންޖެހޭ ލިޔުންތައް މި ބައިގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައިވޭތޯ ބެލުން.
  • މަޤާމުގެ އަސާސީ ޝަރުޠައް ހަމަވާ ތަޢުލީމީ ފެންވަރު ހަމަވޭތޯ ބެލުން.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހަމައަށް ހުށަހަޅާފައިވޭތޯ ބެލުން. (އެޕްލިކޭޝަން ފޯމު، ވަނަވަރު، ތަޢުލީމީ ސެޓުފިކެޓުތަކާއި އިޢުލާނުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަމާގުޅޭ މުހިންމު ލިޔެކިޔުންތައް)
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަޤާމަށް އެދި ހުށަހަޅާފައިވުން.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3343061 ނަންބަރު ފޯނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި  ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މި އެޖެންސީގެ ވެބްސައިޓް (www.nda.gov.mv) އާއި، ސިވިލް ސަރވިސް ވެބްސައިޓާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

19 އޮކްޓޫބަރު 2016