ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)240-CA/240/2016/104
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 02 ނޮވެންބަރު 2016 14:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާންޗް ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ލާންޗް ޑްރައިވަރ      

މަޤާމުގެ ކުލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމުގެ ރޭންކް:

SS3

މުސާރަ:

މަހަކު -/3،875 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ 

- މި މަޤާމުގެ މުސާރައިގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމު ބޭނުންވާ ސެކްޝަން:

ކޯޕަރޭޓިވް އެފެއާޒް  

މަސައްކަތް ކުރަންޖެހޭ ތަނާއި، ރަށް:

ލ. އަތޮޅު ކައުންސިލްގެ އިދާރާ، ލ. ފޮނަދޫ

މަޤާމުގެ ޝަރުޠުތައް:

1. ކަނޑު ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް D,C,B,A ކެޓަގަރީތައް ލިބިފައިވުމާއެކު، ކަނޑުދުއްވާ އިންޖީނުލީ އުޅަނދުގެ ޑްރައިވަރެއްގެ މަޤާމުގައި 2 އަހަރުދުވަހު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މެރިޓައިމްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. މި އިދާރާގެ ލާންޗުގައި ކުރަންޖެހޭ އެންމެހައި ދަތުރުތައް އޮފީހުން ހަމަޖައްސާ ގޮތެއްގެމަތީން، އުޅަނދާއި މީހުންނަށް ގެއްލުން ނުވާނެގޮތެއްގެ މަތިން ކުރުން.

2. ލޯންޗު ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކޮށް، ފަޅުވެރިން ލައްވައި ކުރުވުން.  

3. ފަޅުވެރިންނާ ހަވާލުކުރެވޭ މަސައްކަތްތައް ރަނގަޅަށް ކުރޭތޯ ބަލައި، އެއްވެސްކަމެއް ކުރުވަން ދަތިވެއްޖެނަމަ، ކަމާބެހޭ މުވައްޒަފަކަށް ލަސްނުކޮށް އެކަން އަވަހަށް އެންގުން.

4. ލޯންޗުގައި ހުންނަ ސަލާމަތީ ތަކެއްޗާއި މިނޫންވެސް އެހެނިހެންތަކެތި ބަލަހައްޓައި، މުއްދަތު ހަމަވުމުގެ ކުރިން އާކުރަންޖެހޭ ތަކެތި އާކުރުމަށް އޮފީހުގެ ކަމާބެހޭ މުވައްޒަފަކާ ގުޅައިގެން އާކުރުން.

5. ލޯންޗުގެ ސަލާމަތީ ސެޓުފިކެޓު މުއްދަތު ހަމަވުމުގެ ކުރިން އެކަން އޮފީހަށް އަންގާ އާކުރުން.  

6. ލޯންޗާއި ލޯންޗުގައި ހުންނަތަކެތި ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން. 

7. ލޯންޗުގެ ދަތުރުތައް ލޮގުކޮށް ބެލެހެއްޓުން.

8. ލޯންޗުގެ އަޑީތެޔޮ ބަދަލުކުރަންޖެހޭ ގަޑި ހަމަވުމުން، އަޑީތެޔޮ ބަދަލުކުރުން.

9. ލޯންޗަށް ހޯދޭ ތެލާއި، ލޯންޗުގެ އެކިއެކި ބޭނުންތަކަށް ހޯދޭތަކެތި ލޯންޗަށް އެރުވި އަދި ބޭނުންކުރެވޭ ގޮތުގެ ރިކޯޑް ބެލެހެއްޓުން.

10. ލޯންޗުގެ އެތެރެއާއި ބޭރު އޯމޯ ލައިގެން ރީތިފެނުން މަދުވެގެން ހަފުތާއަކު 1 ފަހަރު ދޮވެ ސާފުކޮށް، ފެހިކަހައި، ލޯންޗުގެ ސީޓުތަކާއި، ހޮޅިތަކާއި، ޕޮލިސް ކުރަންޖެހޭ ތަންތަނާއި ތަކެތި ސާފުކުރުން.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

- ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީން.

- ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

އިންޓަވިއު ކުރުމާއި، އިމްތިޙާންކުރުން:

ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 5 ދުވަހުގެ ކުރިން، މި މަޤާމަށް އެދުނު ފަރާތްތަކަށް އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފުކޮޕީ.

4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަނުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)

5. މުއްދަތު ހަމަނުވާ ލައިސަންސް ކާޑު ނުވަތަ ލައިސަންސް ފޮތުގެ ސާފުކޮޕީ.

6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ އެ އިދާރާގެ ރަސްމީ ލިޔުމެއް.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި:

2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ 14.00 ގެ ކުރިން މި އިދާރާއަށް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6800713 ނަންބަރު ފޯނަށެވެ.

 19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016