ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 216-MPAO/I/2016/30
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 31 އޮކްޓޫބަރު 2016 16:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ވަޔަރލެސް ނެޓްވޯރކް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ވަޔަރލެސް ނެޓްވޯރކް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ވަޔަރލެސް ނެޓްވަރކެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް މި އޮފީހުން ކޮށްފައިވާ ނަންބަރު 216-MPAO/I/2016/26 (04 އޮކްޓޫބަރު 2016)  އިޢުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހަޅަން ވަޑައިގެންނެވި ފަރާތްތައް އެކަށީގެންވާ އަދަދަށްވުރެ މަދުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މި އޮފީހުގެ އާ އިމާރާތް، ޢުމަރު ޝޮޕިންގ އާކޭޑް ޢިމާރާތުގެ 8 އަދި 9 ވަނަ ފަންގިފިލާގައި ވަޔަރލެސް ނެޓްވަރކެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ރިކުއެސްޓް ފޮރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އޮފީހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.  

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 2016 އޮކްޓޫބަރު 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (މޫކައި ސުއިޓްސްގެ 6 ވަނަ ފަންގިފިލާ)

ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ވާހަކަ ދެންނެވީމެވެ.

މި އިޢުލާނާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ފޯނު ނަންބަރު 1441 އަށް ގުޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސުއިޓްސް (6 ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން، 20222

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 1441

ފެކްސް: 3307759

އީމެއިލް: [email protected]

20 އޮކްޓޫބަރު 2016