ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދަން ބޭނުންވެއްޖެ
މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ހުޅުމާލޭ ހޮސްޕިޓަލުގައި ޢިމާރާތެއް އަޅައިދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 30 ވަނަ ދުވަހުގެ ހެނދުނު 08:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 06 ވަނަ ދުވަހުގެ ހެނދުނު 08:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދުރުވާނީ ހުޅުމާލޭ ހޮސްޕިޓަލުގެ މީޓިންގ ރޫމަށެވެ. މަޢުލޫމާތު ސާފުކުރައްވަން އޮންނަ ގަޑިއަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ މި ހޮސްޕިޓަލުން އިރުޝާދު ދޭ ގޮތަކަށެވެ.