ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)449/1/2016/5
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 02 ނޮވެންބަރު 2016 14:00
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ވަޒީފާގެ ފުރުޞަތު

މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ކުރި ނަންބަރު (IUL)449/1/2016/1 އިޢުލާނަށް، އެއްވެސް ފަރާތަކުން ޝަރުޠު ހަމަވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު:

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ ޢަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޝަން

ލެބޯޓްރީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ތެލެސީމިއާ ސްކްރީން ކުރުމަށް އަންނަ ފަރާތްތައް ރަޖިސްޓަރީކޮށް، ބްލަޑް ސާމްޕަލްތައް ނެގުން.
  2. ތެލެސީމިއާ ސްކްރީންކުރުމާއި، ޑައިގްނޯސިސް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރުން.
  3. ތެލެސީމިއާ ސްކްރީންކުރާ ފަރާތްތަކުގެ ރިޕޯޓްތައް ތައްޔާރުކޮށް ނަތީޖާ ދޫކުރުން.
  4. ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  5. ލެބޯޓްރީއަށް އަލަށް ބޭނުންވާ ޕްރޮޓޮކޯލްތަކާއި، ގައިޑްލައިންތަކާއި، އެސް.އޯ.ޕީ ތައް ލިޔެ، ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  6. ޑޯނަރުންނާއި ޕޭޝަންޓުންގެ އެންޓިބޮޑީ ސްކްރީންކުރުމާއި، ރިޕޯޓް ތައްޔާރުކުރުން.
  7. ލޭ ބޭނުންވާ ފަރާތްތަކަށް މެދުނުކެނޑި ލޭ ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ލޭ ހޯދުމަށްޓަކައި ހިންގޭ ބްލަޑް ކޭމްޕްތަކުގައި ބައިވެރިވުން.
  8. ޕޭޝަންޓުންގެ ކްރޮސް މެޗް ހަދައި ރިޕޯޓް ތައްޔާރުކުރުން.
  9. ޓީ.ޓީ.އައި ސްކްރީނާއި އެންޓިބޮޑީ ސްކްރީނިންގްއާއި ކްރޮސް މެޗް ރިޕޯޓްތައް ފައިލްކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

ލެބޯޓްރީގެ ދާއިރާގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުންނާއި، ސިވިލް ސަރވިސްގެ ސައިޓުން ލިބެން ހުންނާނެއެވެ.) ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ލައިސަންސާއި ރެޖިސްޓްރޭޝަން.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • މީހުންނާ ރަނގަޅަށް މުޢާމަލާތުކުރަން އެނގުން.
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.
  • އިނގިރޭސިބަހުގެ ފެންވަރު.
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަން އެނގުން / މަސައްކަތް ރާވައި ހިންގުމުގެ ޤާބިލުކަން ހުރުން.
  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ރަމަޟާންމަހުގެ ޢިނާޔަތް.
  • ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  • ޑިއުޓީ އުސޫލުން މަސައްކަތް ކުރައްވަންޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ޑިއުޓީ އެލަވަންސް.

ސުންގަޑި

2016 ނޮވެންބަރު 2 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސް (މަޖީދީމަގު) ގައި.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3333886 އެވެ.

 

18 އޮކްޓޫބަރު 2016