ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2016/136
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 31 އޮކްޓޫބަރު 2016 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ދަމަނަވެށީގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފެކެވެ.

މަޤާމު

ކައުންސެލަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ.

ޑިވިޝަން / ސެކްޝަން

ލައިފް ޑިސީސަސް

މަސައްކަތް ކުރަންޖެހޭ ތަން

ދަމަނަވެށި / ކ. މާލެ

ތަޢުލީމާއި ތަޖުރިބާ

  1. ކައުންސިލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ކައުންސިލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. ކައުންސިލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ފުރާވަރު އުމުރުފުރާގެ ކުދިންނާއި ކައުންސެލިންގ ބޭނުންވާ އެހެނިހެން ފަރާތްތަކަށް ކަމާ ގުޅޭގޮތުން ކައުންސެލިންގ ދިނުން.
  2. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކާއި، ދުޅަހެޔޮ ޞިއްޙީ އާދަތަކާ ގުޅޭގޮތުން ކައުންސެލިންގ ބޭނުންވާ ފަރާތްތަކަށް ކައުންސެލިންގގެ ޚިދުމަތް ފޯރުކޮށްދިނުމާއި ގްރޫފް ކައުންސެލިންގ ސެޝަންތައް ރާވައި ހިންގުން.
  3. ޝެކްޝުއަލް ރިޕްރޮޑަކްޓިވް ހެލްތާއި، އެޗް.އައި.ވީ ކައުންސެލިންގ ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުން.
  4. ކްލިނިކުގެ ރަޖިސްޓަރީއާއި ކަމާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.

މަޤާމު

ސީނިއަރ ކައުންސެލަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:MS 2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ.

ޑިވިޝަން / ސެކްޝަން

ލައިފް ޑިސީސަސް / ސައިކޯ ސޯޝަލް ސަޕޯޓް ސަރވިސް

މަސައްކަތް ކުރަންޖެހޭ ތަން

ދަމަނަވެށި / ކ. މާލެ

ތަޢުލީމާއި ތަޖުރިބާ

  1. ކައުންސެލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ކައުންސެލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ކައުންސެލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. ކައުންސެލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ފުރާވަރު އުމުރުފުރާގެ ކުދިންނާއި ކައުންސެލިންގ ބޭނުންވާ އެހެނިހެން ފަރާތްތަކަށް ކަމާ ގުޅޭގޮތުން ކައުންސެލިންގ ދިނުން.
  2. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކާއި، ދުޅަހެޔޮ ޞިއްޙީ އާދަތަކާ ގުޅޭގޮތުން ކައުންސެލިންގ ބޭނުންވާ ފަރާތްތަކަށް ކައުންސެލިންގގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ގްރޫޕް ކައުންސެލިންގ ސެޝަންތައް ރާވައި ހިންގުން.
  3. ޝެކްޝުއަލް ރިޕްރޮޑަކްޓިވް ހެލްތާއި، އެޗް.އައި.ވީ ކައުންސެލިންގ ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުން.
  4. ކްލިނިކުގެ ރަޖިސްޓަރީއާއި، ކަމާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.

މަޤާމު

މެޑިކަލް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރޒް

ރޭންކް: CS 12-1

މުސާރަ

މަހަކު -/15090 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/6150 ރުފިޔާ

ރިސްކް އެލަވަންސް

ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ.

ޑިވިޝަން / ސެކްޝަން

ޖީޕީ ސަރވިސަސް

މަސައްކަތް ކުރަންޖެހޭ ތަން

ދަމަނަވެށި / ކ. މާލެ

ތަޢުލީމާއި ތަޖުރިބާ

މެޑިކަލް އޮފިސަރކަމުގެ ޝަރުޠު ހަމަވުމާއެކު، މޯލަޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ 2 އަހަރުދުވަހަށްވުރެ ކުރުނޫން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ނުވަތަ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއަކާ އެއްފެންވަރުގެ ސެޓުފިކެޓެއް ކްލިނިކަލް ސްޕެޝަލިޓީއަކުން ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ސްޕެޝަލިސްޓެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޕޭޝަންޓް ރެކޯޑު އޮޕަރޭޝަން އަދި އެހެނިހެން ޕްރޮސީޖަރ ނޯޓްސް އަޕްޑޭޓްކުރުން، ޑިސްޗާޖް ސަމަރީ، ޑެތު ސެޓުފިކެޓު އަދި އެހެނިހެން ޑޮކިއުމެންޓޭޝަން ބެލެހެއްޓުން. އަދި މިނިސްޓްރީ އޮފް ހެލްތުން އެދިލައްވާ ސަވައިލަންސް ޑިޒީޒްއާބެހޭ މެޑިކަލް ރެކޯޑު ބެލެހެއްޓުން.
  2. އިންވެސްޓިގޭޝަން ރިޕޯޓުތައް ފޮލޯއަޕް ހެދުމަށްފަހު ޕޭޝަންޓަށް ފަރުވާ ދިނުން. އަދި ސްޕެޝަލިސްޓުންގެ ލަފާ ހޯދުން.
  3. ތެރަޕިއުޓިކް އަދި ޑައިގްނޯސްޓިކް ފަރުވާ ދޭންޖެހޭ ހާލަތްތަކުގައި ސީނިއަރ ޑޮކްޓަރުންގެ ލަފާގެ މަތިން އެކަން ރާވައި ހިންގުން
  4. ކޮންމެ ޝިފްޓެއް ނިމުމުގެ ކުރިން އެ ޝިފްޓެއްގައި ކުރަން ހުންނަ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކޮށްނިންމުން.
  5. ޝިފްޓް ނިމުމުން ކުރިއަށްއޮތް ޝިފްޓުގެ ޑޮކްޓަރަށް ބަލިމީހާއާބެހޭ މަޢުލޫމާތު ހޭންޑްއޯވަރ ކުރުން. (މީގެ ތެރޭގައި ހާލުބޮޑު ބަލިމީހެއްނަމަ، ބަލިމީހާގެ ޙާލަތު ރަނގަޅަށް ކިޔައިދިނުން، އަދި ފޮލޯއަޕް ހަދަންޖެހޭނަމަ އެކަން އެންގުން)
  6. އަމިއްލައަށް އިސްނަގައިގެން ބަލިމީހުންނަށް ދޭންޖެހޭ ފަރުވާދިނުން. 
  7. ބަލިމީހުންނަށް ފަރުވާ ދިނުމުގައި ދިމާވާ ކުއްލި ޙާލަތްތަކުގައި ހޮސްޕިޓަލަކަށް ގެންދެވެންދެން ދޭންޖެހޭ އިމަރޖެންސީ ފަރުވާ ފޯރުކޮށްދިނުން.
  8. މެޑިކަލް އޮފިސަރުންގެ ދަށުން މަސައްކަތްކުރާ ޖޫނިއަރ ސްޓާފުންގެ މަސައްކަތްތައް ސްޕަވައިޒް ކުރުން.
  9. ޞިއްޙީ ހޭލުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން.
  10. ދަމަނަވެށިން ރާވައި ހިންގާ ޕްރޮގްރާމުގެ ދަށުން ގޭގެއަށް ޒިޔާރަތްކޮށް ބަލިމީހުން ބެލުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރޭންސްކްރިޕްޓުގެ ކޮޕީ.)

  (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ މަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

  (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (ޝޯޓްޓާމް ޓްރޭނިންގ)

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި

2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ފޯމު ހުށަހަޅަންވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

2016 ވަނަ އަހަރުގެ ނޮވެންބަރުމަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014326 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

18 އޮކްޓޫބަރު 2016