ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ. | |
| މަޤާމުގެ ނަން: | ޕްރޮޖެކްޓް އޮފިސަރ | 
| މަޤާމުގެ ރޭންކް: | އެމް. އެސް. 1 | 
| މަޤާމުގެ ކްލެސިފިކޭޝަން: | ޓެކްނިކަލް އޮފިސަރ ގްރޭޑް 1 | 
| މުސާރަ: | މަހަކު -/5610 ރުފިޔާ | 
| ސަރވިސް އެލަވަންސް: | މަހަކު -/2,000 ރުފިޔާ | 
| މަޤާމް އޮތް އޮފީސް / އިދާރާ: | ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ | 
| ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: | އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | ފ. ބިލެތްދޫ ކައުންސިލްގެ އިދާރާ | 
| ބޭނުންވާ އަދަދު: | 1 (އެކެއް) | 
| މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: | 1. ސަރުކާރާއި، ރައްޔިތުންނާއި، އެހެން ފަރާތްތަކުން ކައުންސިލާ ގުޅިގެން ހިންގާ މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ބެލުމާއި، އެކަމާބެހޭ އެންމެހައި ލިޔެކިޔުންތައް ތަރުތީބުން ބަލަހައްޓައި، އެކަންކަމާބެހޭ އެއްބަސްވުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން. 2. މިސްކިތްތަކާއި، ރައްޔިތުންގެ އިމާރާތްތައް ބެލެހެއްޓުން. 3. ރަށުގެ ތަރައްޤީއަށް އެއްކުރަންޖެހޭ މަޢުލޫމާތުތަކާއި ތަފާސްހިސާބު އެއްކޮށް، ތަފާސްހިސާބާބެހޭ ރިޕޯޓްތައް ހަދައި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކައުންސިލް އިދާރާގެ ތަފާސްހިސާބު ބެލެހެއްޓުން. 4. ކުނި ނައްތައިލުމުގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ ކަންކަން ބެލެހެއްޓުން. 5. ރަށުގެ ތިމާވެއްޓާބެހޭ ކަންތައްތައް ބެލެހެއްޓުން. 6. ރައްޔިތުންގެ ރުއްގަހާއި އަމިއްލަ މީސްމީހުންގެ ރުއްގަހާ ގުޅޭ އެންމެހައި މަސައްކަތް ކުރުން. 7. ކައުންސިލްގެ ބެލުމުގެދަށުގައި ހުރި ރައްޔިތުންގެ އެންމެހައި މުދާ ބެލެހެއްޓުމާއި، އެތަކެތި ދޫކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް ދޫކުރުމާއި، އެތަކެއްޗާ ހަވާލުވެ، އެތަކެތި ބެލެހެއްޓުން. 8. މަގަށް ވާގޮތަށް ބަހައްޓާފައި ހުންނަ ތަކެއްޗާއި، މަގު ކޮށުމުގައި ޢަމަލުކުރަންޖެހޭގޮތަށް ނުކޮށާ ހުންނަ ރުއްގަހުގެ ވެރިފަރާތަށް އަންގައިގެން ނުކޮށައިފިނަމަ، ކައުންސިލްގެ މަޝްވަރާގެމަތިން ފިޔަވަޅުއެޅުމާއިި، މަގުމަތީގައި ވަގުތީގޮތުން ތަކެތި ބެހެއްޓުމާއި، މަގު ކޮނުންފަދަ ކަންތައްތަކުގެ ހުއްދަ ދިނުމާބެހޭ މަސައްކަތް ކުރުމާއި، ހުއްދަ ނުނަގާ އެފަދަ ކަންތައްތައް ކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް، ވެރިންގެ މަޝްވަރާ ހޯދައިގެން އަޅަމުން ގެންދިއުން. 9. ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. | 
| މަޤާމުގެ ޝަރުޠު: 
 | 1. ޕްރޮޖެކްޓް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. ޕްރޮޖެކްޓް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، 3. ޕްރޮޖެކްޓް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. | 
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: | ތަޢުލީމީގޮތުން އެންމެ މަތިންމާކްސް ލިބިފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ. | 
| އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނޭ ތަނާއި، ތާރީޚު، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ކުރިމަތިލާ ފަރާތްތަކަށް އެންގޭނެއެވެ. އެހެންކަމުން، އެ ތާރީޚަށް އިންޓަވިއުއަށް ތައްޔާރުވެގެން ރަށުގައި ހާޒިރުވެ ތިބުން އެދެމެވެ. | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | 2016 ނޮވެންބަރު 1 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން، ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ވަޒީފާއަށް އެދޭ ފޯމާއި، އެއާ ގުޅޭ ލިއުންތަކާއެކު، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާއަށެވެ. | 
| އުޖޫރައާއި ޢިނާޔަތްތައް: | - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ. | 
| އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިއުންތައް: | 1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) (ށ) ރާއްޖެގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (ރ) ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 5. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. | 
| ނޯޓު: | ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލް ކުރެވޭނެއެވެ. އަދި ވަގުތު ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ. | 
| އިތުރު މަޢުލޫމާތު: | މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އިދާރާގެ 6740013 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 674059 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. | 
15 މުޙައްރަމް 1438