ވަޒީފާގެ ފުރުޞަތު
ނަންބަރު: GS53/IUL/2016/27
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 16:43
ސުންގަޑި: 31 އޮކްޓޫބަރު 2016 14:00
ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ 1

މަޤާމުގެ ރޭންކް: އެމް. އެސް. 3

މަޤާމުގެ ދާއިރާތައް: ބިޒްނަސް އެޑްމިނިސްޓްރޭޝަން/ސްކޫލް މެނޭޖްމެންޓް/ހިއުމަން ރިސޯސް މެނޭޖްމެންޓް

މުސާރަ: މަހަކު -/7035 ރުފިރާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: ޖަލާލުއްދީން ސްކޫލް / ހދ. ކުޅުދުއްފުށި

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

- ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ހުރިހައި ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއި، މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.

- ސްކޫލުގެ ބަޖެޓުން ކުރެވޭ އެކިއެކި ޚަރަދުތައް، އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓަކުން ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހައި މަސައްކަތްތަކެއް، ޕްރިންސިޕަލްގެ ލަފާގެމަތިން ކުރުން.

-  އޮފީސް ހުޅުވުމާއި ލެއްޕުމުގެ ޒިންމާ އަދާކުރުން.

- ސްކޫލުގެ މުވައްޒަންނާއި، މުދައްރިސުންގެ މުސާރައާއި، އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން، ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.

- ސްކޫލުގެ އިދާރީ ކަންކަމާގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއްކުރުން.

- ސްކޫލަށް ހޯދޭ މުދަލާއި، ތަކެއްޗާއި، އިންވެންޓްރީއާއި، ސްޓޮކުގެ އެންމެހައި ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުން.

- ސްކޫލުގެ އެންމެހައި އިމާރާތްތައް ރައްކާތެރިކަމާއެކު ތަޅުލައި ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަނާއި، ތަކެތި މަރާމާތުކުރުމުގެ ކަންތައްތައް، އިސްވެރިޔާގެ މަޝްވަރާގެމަތިން ބެލެހެއްޓުން.

- ބިދޭސީ ޓީޗަރުންގެ އެކަޑަމިކް އަހަރު ނިމިގެން ޤައުމަށް ދިއުމާއި، އެނބުރި އައުމުގެ އެންމެހައި އިންތިޒާމްތަކާއި، އަހަރުތެރޭގައި އަލަށް އަންނަ ބިދޭސީ ޓީޗަރުންނާއި، ވަޒީފާ ދޫކޮށްފައިދާ ނުވަތަ ޓްރާންސްފަރވާ ޓީޗަރުންގެ އެންމެހައި ކަންތައްތައް ހަމަޖެއްސުމަށް ހަވާލުވެތިބޭ މުވައްޒަފުން އެކަންކަން ކުރަމުންގެންދާގޮތް ގަވާއިދުން ބެލެހެއްޓުން.

- ސްކޫލުގެ ހުރިހާ މުވައްޒަފުންގެ އެޕްރައިޒަލާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ފޯމުތައް، މުވައްޒަފުންނާ ހަވާލުވެތިބޭ ސުޕަވައިޒަރުން ފުރިހަމަކުރޭތޯ ބެލުމާއި، އެޕްރައިޒަލާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ފޯމުތައް ފުރިހަމަކޮށް، ފޮނުވަންޖެހޭ ތާރީޚުތަކަށް ފޮނުވުން.

- ސްކޫލް ހުރިހާ މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުމަށް ހަވާލުވެތިބޭ މުވައްޒަފުން ކަންތައްތައް ކުރަމުންގެންދާގޮތް ޗެކްކޮށް، ޕްރިންސިޕަލަށް ރިޕޯޓްކުރުން.

- ސްކޫލަށް އިތުރަށް ބޭނުންވާ މަޤާމުތަކަށް ހުއްދަ ހޯދުމާއި، ސްކޫލުން ވަކިވާ މުވައްޒަފުންނާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ޕްރިންސިޕަލާ މަޝްވަރާކުރުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، އެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަސައްކަތް ކުރިއަށްގެންދިޔުމާއި، މުވައްޒަފުންގެ ވަޒީފާތަކާ ގުޅޭގޮތުން ފޮނުވަންޖެހޭ އެންމެހައި ލިޔެކިޔުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، އެތަކެތި ލިބުނުތޯ ކަށަވަރުކުރުން.

- ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާގޮތް އޮބްޒާރވްކޮށް، ދުވަހުން ދުވަހަށް މޮނީޓަރކޮށް ބެލެހެއްޓުން.

- މަތީގައިވާ ކަންކަމުގެ އިތުރުން، ސްކޫލުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގައި، ސްކޫލުގެ އިސްވެރިޔާގެ އިރުޝާދުގެދަށުން ކުރަންޖެހޭ ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން އޮންނާނީ، 1 ނޮވެންބަރު 2016 އާއި 8 ނޮވެންބަރު 2016 އާ ދެމެދު މިސްކޫލުގައެވެ. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު  ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ

ހުށަހަޅަންޖެހޭ ތަކެތި:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އިދާރާއިންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ކުރިމަތިލުމުގެ މުއްދަތާއި، ކުރިމަތިލާނެ ގޮތް:މި މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، މަތީގައިއެވާ ލިޔުންތައް، 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6528815 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 16 މުޙައްރަމް 1438

17 އޮކްޓޫބަރު 2016