ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)322-A/322/2016/43
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 16:18
ސުންގަޑި: 31 އޮކްޓޫބަރު 2016 14:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު

މަޤާމުގެ ގިންތި:

ދާއިމީ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ:

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

އޮފީސް:

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް (B ސެކްޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ މަސްއޫލިއްޔަތު:

1. އޮފީހާއި އޮފީހުގެ ބެލުމުގެ ދަށުގައިވާ އިމާރާތްތައް ކުނިކަހައި ފޮޅައި ސާފުކުރުން.

2. އެކިއެކި ބޭނުންތަކުގައި އޮފީހަށް ގެންނަންޖެހޭ މީހުން ހޯދައިގެން ގެނައުން.

3. އޮފީހުގެ ފަރާތުން ބާއްވާ ޖަލްސާތަކާއި މުނާސަބަތުތަކަށް ތަން ތައްޔާރުކުރުން.

4. ސަރުކާރުގެ ޢިއްޒަތްތެރިންނާއި ބޭރުގެ މެހެމާނުން ވަޑައިގެންފި ހިނދެއްގައި، އެބޭފުޅުންގެ ކަންކަމުގައި ހަރަކާތްތެރިވުން.

5. އެކިފަރާތްތަކުން އޮފީހަށް ދައްކާ ފައިސާނޫން ތަކެތި ބަލައިގަނެ، އެތަކެތި އޮފީހުގެ ފަރާތުން އަންގާ ތަނެއްގައި ރައްކާކުރުމާއި، އެކިފަރާތްތަކަށް ދޫކުރަންޖެހޭ ތަކެތި، ވެރިންގެ މަޝްވަރާގެމަތިން ދޫކުރުން.

6. ރައްޔިތުންގެ މަސައްކަތްތަކުގައި ވެރިންނަށް އެހީވެދިނުން.

7. މީގެ އިތުރުންވެސް އެވަގުތެއްގައި އޮފީސް ހިންގެވުމަށް ހުންނަވާ ވެރިޔަކު އަންގަވާ، އޮފީހުގެ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން (ވަޒީފާގެ ޝަރުޠު ފުރިހަމަނުވާނަމަ، ޑިސްކޮލިފައިވާނެ)

2. ތަޢުލީމާއި ތަމްރީން: ލިބިފައިވާ ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރު މުއްދަތުގެ ތަމްރީނުތައް.

3. ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި އެހެނިހެން ތަޖުރިބާ

4. ލިބިފައިވާ ހުނަރު: އިންޓަވިއު

އިންޓަވިއުކުރުން:

އިންޓަވިއު އޮންނާނެ ތާރީޚާއި، ތަނާއި، ގަޑި، އިންޓަވިއު ބާއްވާ ދުވަހުގެ 2 ދުވަހުގެ ކުރިން، ވަޒީފާއަށް އެދިފައިވާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- މި މަޤާމަށް  ކުރިމަތިލާން  ބޭނުންވާ  ފަރާތްތަކުން،  ތިރީގައިވާ  ލިޔުންތަކާއެކު، 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީއާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ކޮޕީއެއް.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ (ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަނަވަރުގެ ނަމޫނާއާ އެއްގޮތަށް)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ ގުޅާނީ، މި އިދާރާގެ  6600007 ނަންބަރު ފޯނާއެވެ. މެއިލް ކުރާނަމަ، މެއިލްކުރާނީ، [email protected] އަށެވެ.

17 މުޙައްރަމް 1438

18 އޮކްޓޫބަރު 2016