ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމް: |
ޖީ. އެސް. 4 |
މަޤާމުގެ ރޭންކް: |
އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ |
އޮފީސް / އިދާރާ: |
ކޯޕަރޭޓް އެފެއާޒް |
ސެކްޝަން / ޔުނިޓް: |
ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މަހަކު -/5،020 ރުފިޔާ |
މުސާރަ: |
މަހަކު -/1،500 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ. |
އުޖޫރައާއި ޢިނާޔަތްތައް: |
1 (އެކެއް) |
ބޭނުންވާ އަދަދު: |
1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ ޝަރުޠުތައް: |
1. ކައުންސިލް އިދާރާ ހުޅުވައި ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން. 2. އޮފީހުގެ ތަފާސްހިސާބާބެހޭ ރެކޯޑްތައް ސެކްޝަންތަކުން ހޯދައި ބެލެހެއްޓުން. 3. ގޯތިގޯއްޗަށް އުނދަގޫވާ ރުއްގަހާއި، މަގުމަގުގައި ހުންނަ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުން. 4. މަސްވެރިކަމުގެ ލައިސަންސާ ގުޅޭ އެންމެހައި ކަންތައްތައް. 5. ކައުންސިލަށް ލިބޭ ސިޓީތައް ބަލައިގަނެ، އެ ތަކެތި ހުޅުވައި، އެންޓްރީ ސިސްޓަމުގައި ރަޖިސްޓްރީކުރުމާއި، އޮފީހުން ބޭރަށް ފޮނުވަންޖެހޭ ތަކެތި، އެ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 6. އެކިއެކި ހާދިސާތަކާއި ކާރިސާތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް. 7. ސަރުކާރުން ދެއްވާ ޢިނާޔަތްތަކާ ގުޅޭ ކަންތައްތައް. 8. ވަރުވާއަށް ލިޔެދެވޭ ތަންތަނުގެ އެންމެހައި ކަންތައްތައް ކުރުން. 9. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި މެސެޖްފަދަ ތަކެތި ލިޔެ، އެފަރާތްތަކަށް ހަވާލުކުރުން. 10. އޮފީހުގެ މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި، އެ މުވައްޒަފަކު އޮފީހަށް ނިކުންނަންދެން، ސެކްޝަނުގެ ވެރިޔާ އަންގަވާގޮތެއްގެމަތިން އެ މުވައްޒަފަކާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުން. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
2016 އޮކްޓޫބަރު 26 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ އަށް. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ކޮޕީއެއް. 5. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަވިއުއަށް ބެލޭނެއެވެ. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6860505 ނަންބަރު ފޯނާއެވެ. |
އިތުރު މަޢުލޫމާތު: |
16 މުޙައްރަމް 1438