ކުއްޔަށް ދިނުން
ނަންބަރު: 339/PRIV/2016/18
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 31 އޮކްޓޫބަރު 2016 13:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ވިއްކުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމާބެހޭ

އިޢުލާން

އއ.ތޮއްޑޫން ތެޔޮ ވިއްކުމަށްޓަކއި ބިން ކުއްޔަށް ދޫކުރުމާބެހޭ:

އއ.ތޮއްޑޫ ބަނދަރު ސަރަހައްދުން 2000 އަކަފޫޓުގެ 1 ބިން، ތެޔޮ ޝެޑެއް ހެދުމަށްޓަކައި ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ތިރީގައިވާ ކަންކަން ފުރިހަމަ ކުރައްވަންވާނެއެވެ.

  • އަމިއްލަ ފަރާތަކުން ވަޑައިގަންނަވާނަމަ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
  • ކުންފުންޏަކުން ވަޑައިގަންނަވާނަމަ އެކުންފުނީގެ ފަރާތުން ސިޓީއަކާއެކު ބަދަލުގައި މީހަކު ފޮނުވާކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ދުވަސްތަކުގައި ރަސްމީގަޑީގައި 6660537 އަށް ގުޅުއްވުން އެދެމެވެ.

16 އޮކްޓޫބަރު 2016