ވަޒީފާގެ ފުރުޞަތު
ނަންބަރު: GS72/IUL/2016/44
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 30 އޮކްޓޫބަރު 2016 14:00
ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

2 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޑްމިން ސެކްޝަން، ޢަފީފުއްދީން ސްކޫލް

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައި އޮންނަ އުސޫލުތަކުގެދަށުން އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެ.

މަޤާމުގެ ޝަރުޠު:

- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ލިޔެކިޔުމުގެގޮތުގައި ލިބޭ އެންމެހައި ތަކެތި އެންޓަރކޮށް، އިސްވެރިޔާއަށް ދުވަހުން ދުވަހަށް ހުށަހެޅުން.

- އެންޓްރީކުރެވިފައިވާ ތަކެތީގެ އަސްލާއި ކޮޕީތައް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ހަވާލުކުރުން.

- ދަރިވަރުންގެ ރަޖިސްޓްރީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމާއި، ދަރިވަރުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ސްކޫލުގެ ބެލެނިވެރިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

- މުވައްޒަފުންގެ ޕާސަނަލް ފައިލް ތައްޔާރުކޮށް، ތިރީގައިވާ ލިޔުންތައް ފުރިހަމަކޮށް ފައިލްކުރުން.

  • ވަޒީފާއަށް އެދި ފޮނުވާ ސިޓީ.
  • ވަޒީފާ ހަމަޖެއްސުމަށް ފޮނުވި ސިޓީއާއި މެސެޖުގެ ކޮޕީ.
  • ވަޒީފާ ދެއްވިކަން އެންގެވި ސިޓީ މެސެޖުގެ ކޮޕީ.
  • އަލަށް ވަޒީފާ ހަމަޖެހުން މުވައްޒަފުންނަށް ވަގުތީގޮތުން ގެންގުޅެން ފެށިކަން ނުވަތަ ވަޒީފާ ދެއްވިކަން އަންގާފައި ފޮނުވާ ލިޔުމުގެ ކޮޕީ.
  • ވަޒީފާ ބަދަލުވާ މުވައްޒަފުންނަށް އެކަން އަންގާ ފޮނުވާ ލިޔުމުގެ ކޮޕީ.
  • ވަޒީފާއިން ވަކިކުރާ އެކަން އަންގާ ފޮނުވާ ލިޔުމުގެ ކޮޕީ.
  • ވަގުތީ މުވައްޒަފެއްނަމަ ދޫކޮށްލިކަން ނުވަތަ ވަޒީފާ ވަކިކުރެއްވިކަން އަންގާ ފޮނުވާ ލިޔުމުގެ ކޮޕީ.
  • މުވައްޒަފުންގެ ސަލާމް ސިޓީއާއި މެޑިކަލް ސެޓުފިކެޓު.
  • މުވައްޒަފުންގެ ޗުއްޓީ ޗިޓް.
  • މުވައްޒަފުންގެ ޕާސަނަލް ފައިލުގައި ފައިލްކުރުމަށް ސްކޫލުގެ އިސްވެރިޔާ ކަނޑައަޅުއްވާ ލިޔުންތަކުގެ ކޮޕީ.
  • ދަރިވަރުންގެ ޕާސަނަލް ފައިތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ސްކޫލުގެ ޔައުމިއްޔާއާއި އިދާރީ މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ދުވަހުންދުވަހަށް ލިޔެ ތައްޔާރުކޮށް ފައިލްކުރުން.

- ސްކޫލް ބޯޑުގެ ލިޔެކިޔުންތައް ބެލެހެއްޓުން.

- ސްކޫލުން ގެޔަށް ފޮނުވޭ ދަރިވަރުންގެ ލިޔެކިޔުންތަކާއި، އެ ދަރިވަރުންގެ ގެޔަށް ފޮނުވުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- މުވައްޒަފުންގެ ބައްދަލުވުންތަކަށް ދަންނަވާ ނޯޓު ތައްޔާރުކުރުން.

- ސްކޫލުގެ ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ  ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

ހ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން / އެފަދަ ޔުނިވަރސިޓީއަކާ އެފިލިއޭޓްވެގެން ރާއްޖޭގެ ޔުނިވަރސިޓީއަކުން ހިންގާ ކޯހެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރިޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (މިފަދަ ސެޓުފިކެޓު އެކްރިޑިޓްކުރާކަށެއް ނުޖެހޭނެއެވެ.)

ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ރ. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުއައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

އިންޓަވިއު ކުރުން:

ހ. މި  މަޤާމަށް  މީހަކު  ހޮވުމަށް  ހަމަޖެހިފައިވަނީ،  އިންޓަވިއު  ކުރުމަށްފަހުގައެވެ.  އެހެންކަމުން،  މި  އިޢުލާނުގެ މުއްދަތު ހަމަވާތާ 12 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ ޢަފީފުއްދީން ސްކޫލުގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޢަފީފުއްދީން ސްކޫލަށެވެ.

- މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 30 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، ޢަފީފުއްދީން ސްކޫލަށް ހުށައެޅުން އެދެމެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ޢަފީފުއްދީން ސްކޫލުގެ 6528041 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016