ކުއްޔަށް ދިނުން
ނަންބަރު: (IUL) 245/2016/34
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 30 އޮކްޓޫބަރު 2016 10:30
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން ބިން ކުއްޔަށްދޫކުރުން

އިޢުލާން

ހއ. އުލިގަމު ބަނދަރު ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުން.

ހއ. އުލިގަމު ބަނދަރު ސަރަޙައްދުން އެކިއެކި މަސައްކަތްތައް ކުރުމަށް ތިރީގައި މި ދަންނަވާ ބިންތައް 10 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް އިޢުލާންކުރަމެވެ.

ވީމާ، މި ބިންތައް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކުން 2016 އޮކްޓޫބަރު 30 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މި އިދާރާއިން ދޫކުރާ "ކުއްޔަށް ހިފަން ބޭނުންވާ ބިންތަކަށް ޕްރޮޕޯޒަލް ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު 2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ 10:30 އަށް މި އިދާރާއަށް ފޯމު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި، ފޯމު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބަދަލުގައި ފޮނުވި ފަރާތެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ފޯމާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

15 މުޙައްރަމް 1438

16 އޮކްޓޫބަރު 2016