ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި:
30 އޮކްޓޫބަރު 2016 14:00
އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2017 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީއަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން
އިޢުލާން
2017 ވަނަ އަހަރު މި ސްކޫލުގެ ޕްރީސްކޫލް ކުލާސްތަކަށް ދަރިވަރުން ވެއްދުމަށްޓަކައި ތިރީގައިވާ މަޢުލޫމާތުތަކަށް ރިޔާޢަތްކުރުމަށްފަހު މި ސްކޫލަށް ކުދިން ވެއްދުމުގެ އެންމެހައި ކަންތައްތައް ކަނޑައެޅިފައިވާ ތާރީޚަށް ނިންމެވުމަށް އެއްބާރުލުން ދެއްވުން އެދި ދެންނެވީމެވެ.
- 2017 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީއަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- 2017 ވަނަ އަހަރު އެލް.ކޭ.ޖީއަށް ވަދެވޭނީ މީލާދީގޮތުން 31 މާރިޗު 2017 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިންނަށެވެ.
- 2017 ވަނަ އަހަރު ޔޫ.ކޭ.ޖީއަށް ވަދެވޭނީ މީލާދީގޮތުން 31 މާރިޗު 2017 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ކުދިންނަށެވެ.
- މީގެ އިތުރުން ގްރޭޑް 1 ން 10 އަކަށް ކުދިން ވެއްދުމުގެ ފުރުޞަތު ވެސް ހުޅުވާލަމެވެ.
ވީމާ، 2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުން ފެށިގެން ސްކޫލް އޮފީހުން ފޯމު ނެންގެވުމަށްފަހު، 2016 އޮކްޓޫބަރު 30 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހެޅުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 14:00 އާ ދެމެދުގައެވެ.
17 އޮކްޓޫބަރު 2016