ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)247-CA/247/2016/59
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 23 އޮކްޓޫބަރު 2016 11:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރުނީޗަރު ހޯދުމާބެހޭ

އިޢުލާން

ހއ. ހޯރަފުށީ ރައްޔިތުންގެ ރަށްވެހިގެ (އޯކިޑްވިލާގެ) އާ ޢިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމާ ބެހޭ:

މި އިދާރާގެ ނަންބަރު: (IUL)247-CA/247/2016/54 (3 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި އިދާރާއިން ދޭ ކުރެހުމާއި މަޢުލޫމާތާ އެއްގޮތަށް، ހޯރަފުށީ ރައްޔިތުންގެ ރަށްވެހިގޭގެ އާ ޢިމާރާތަށް އަމިއްލަ ތަކެތީގައި ފަރުނީޗަރު ޖަހައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

އަންދާސީހިސާބު ހުށަހަޅާ ފޯމު ދޫކުރުމާއި، މަޢުލޫމާތުދިނުން

23 އޮކްޓޫބަރު 2016

އާދީއްތަ

11:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ސުންގަޑި

27 އޮކްޓޫބަރު 2016

ބުރާސްފަތި

11:00

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ހާޒިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެންކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެވެ. މީގެ އިތުރުން އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށް ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އިޢުލާންކުރީމެވެ.

17 މުޙައްރަމް 1438

18 އޮކްޓޫބަރު 2016