ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)450-CA/1/2016/30
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 25 އޮކްޓޫބަރު 2016 14:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ލޯކަލް ކޮންސަލްޓެންޓް

މަޤާމު

ލޯކަލް ކޮންސަލްޓެންޓް (ތައްޔާރުކޮށްފައިވާ ކޭސް ޑޭޓާބޭސް ދިރާސާކޮށް ތަރައްޤީކުރުން) 

މަސައްކަތުގެ އަގު

މަހަކު -/15,000 ރުފިޔާ

މަސައްކަތުގެ މުއްދަތު

8 ހަފުތާ

ތަޢުލީމާއި ތަޖުރިބާ

 

  1. ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ސޮފްޓްވެރ، އެޕްލިކޭޝަން ނުވަތަ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް ޑިވެލޮޕްކުރުމުގެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. HTML , CSS , JavaScript , AngularJS , PHP , SQL ފަރިތަކޮށް އެނގުން.
  3. JSON API Concept ފަރިތަކޮށް އެނގުން.
  4. MVC އާކިޓެކްޗަރ މަސައްކަތް ފަރިތަކަމާއެކު ކުރަން އެނގުން.
  5. OAuth އޮތެންޓިކޭޝަން ކޮންސެޕްޓް ފަރިތަކޮށް އެނގުން.
  6. އިނގިރޭސި އަދި ދިވެހިބަހުން ފަސޭހަކަމާއެކު ވާހަކަ ދައްކަން، ލިޔަން އަދި ކިޔަން އެނގުން
  7. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި، ގިނަ ބަޔަކާ އެކުގައި ގުޅިގެން މަސައްކަތްކުރުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިހާރު ތައްޔާރުކުރެވިފައިވާ ކޭސް ޑޭޓާބޭސް ދިރާސާކޮށް، ހުރި މައްސަލަތައް ހައްލުކޮށް. ތަރައްޤީކުރަންޖެހޭ މޮޑިއުލްތައް ތަރައްޤީކޮށް، އޮތޯރިޓީގައި އެ ސިސްޓަމް ތަންފީޒުކުރުމާއި، ސިސްޓަމަށް އޮތޯރިޓީގެ ކަމާގުޅޭ މުވައްޒަފުން ތަމްރީނުކޮށްދިނުން.

މި ކޮންސަލްޓެންސީއަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

1- ކޮންސަލްޓެންސީއަށް ކުރިމަތިލާކަމުގެ ސިޓީ

2- ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ

3- ކޮންސަލްޓެންސީއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

4- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

6- ކޮންސަލްޓެންސީއަށް އެދޭ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ)

ނޯޓު:

- މަތީގައިވާ ކޮންސަލްޓެންސީއަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

- މި ކޮންސަލްޓެންސީއަކީ ކޮންޓްރެކްޓް އުސޫލުން 8 ހަފުތާގެ މުއްދަތަށް ކަނޑައަޅާފައިވާ ކޮންސަލްޓެންސީއެކެވެ.

- ކޮންސަލްޓެންސީއަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަން، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.

މި ކޮންސަލްޓެންސީއަށް އެދިލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ.ފުލިދޫގެ، 2 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް ނުވަތަ ތިރީގައިވާ އީމެއިލް އެޑްރެހަށް މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

އިތުރު މައުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

17 އޮކްޓޫބަރު 2016