މަސައްކަތް
ނަންބަރު: (IUL)241-B/241/2016/47
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 24 އޮކްޓޫބަރު 2016 13:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ ބާސްކެޓްކޯޓް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ގއ.ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ ބާސްކެޓްކޯޓު ހެދުމާބެހޭ

މި އިދާރާގެ ބެލުމުގެ ދަށުގައިވާ ގއ. ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ ބާސްކެޓްކޯޓް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 24 ވާ ހޯމަދުވަހުގެ 13:00 އަށް އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި އަދި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅާނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މި މަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

  • މަސައްކަތުގެ ޖުމްލަ އަގަށް ދެވޭ މާކްސް   %60
  • ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް       % 15    
  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް     % 15    
  • މާލީ ތަނަވަސްކަމަށް             % 10         

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

15 މުޙައްރަމް 1438

16 އޮކްޓޫބަރު 2016