މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2016/102
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 27 އޮކްޓޫބަރު 2016 00:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ސީ ވޯޓަރ ކޫލިންގ ސިސްޓަމް ޤާއިމުކުރުމާ ގުޅޭ

އިޢުލާން

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ސީ ވޯޓަރ ކޫލިންގ ސިސްޓަމް ޤާއިމުކުރުމާ ގުޅޭ

މި ކުންފުނިން ދޭ ކޮންސެޕްޗުއަލް ކުރެހުމާއި ޓެކްނިކަލް ސްޕެސިފިކޭޝަނާ އެއްގޮތަށް އައްޑޫ ސެންޓަރަލް ޕަވަރ ސްޓޭޝަންގައި ސީ ވޯޓަރ ކޫލިންގ ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް (ބޯހޯލް ހެދުމާއި، ޕަމްޕް ސްޓޭޝަން ހެދުމާއި މޫދަށް ހޮޅި އެޅުން) އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ބިޑާ ގުޅޭ މަޢުލޫމާތު ކަރުދާސް 2016 އޮކްޓޫބަރު 20 ން 26 ގެ ނިޔަލަށް ރަސްމީ ގަޑީގައި 08:30 އިން 15:30 މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ. ނުވަތަ މި ކުންފުނީގެ ޓެންޑަރ އެންޑް ފޮރިން ޕަރޗޭސް ޑިވިޜަންގެ ރަސްމީ މެއިލް [email protected] އަށް ރިކުއެސްޓް ކުރުމުން މަޢުލޫމާތު ކަރުދާސް މެއިލްކުރެވޭނެއެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ސެޝަން (ޕްރީ ބިޑް މީޓިންގް) އޮންނާނީ 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ގައެވެ. ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގެ ޖަލްސާ ކުރާ މާލަމުގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016