މަސައްކަތް
ނަންބަރު: GS70/2016/21
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 26 އޮކްޓޫބަރު 2016 10:00
ކެޔޮދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ސްކޫލުގައި ކުރަންހުރި މިދަންނަވާ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1- ދަރިވަރުންގެ 4 ފާޚާނާ މަރާމާތުކުރުން

2- ބޯފެންއަޅާ ތާނގީތައް ހިޔާކޮށް ތާނގީތައް މަރާމާތުކުރުން.

މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުން އޮންނާނީ 2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހޮވުމަށް ޕޮއިންޓު ދިނުމުގައި ތިރީގައި މިވާ ކަންތައްތަކަށް ބެލޭނެއެވެ.

1- މަސައްކަތަށް: 70 ޕޮއިންޓް

2- މަސައްކަތުގެ ތަޖުރިބާއަށް: 10 ޕޮއިންޓް

3- މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތަށް: 10 ޕޮއިންޓް

4- މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް: 10 ޕޮއިންޓް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

16 މުޙައްރަމް 1438

17 އޮކްޓޫބަރު 2016