ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)438-PRCU/1/2016/169
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 27 އޮކްޓޫބަރު 2016 10:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕޮއިޒްޑް ޕްރޮޖެކްޓަށް ބޭނުންވާ އައި.ޓީ އިކުއިޕްމަންޓްސް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގަމުންދާ ޕޮއިޒްޑް ޕްރޮޖެކްޓަށް ބޭނުންވާ އައި.ޓީ އިކުއިޕްމަންޓްސް ހޯދުމަށް 2016 އޮކްޓޫބަރު 06 ގައި ކުރެވުނެ ނަންބަރު: 166/(IUL)438-PDU/1/2016 އަށް އެކަށީގެންވާ މިންވަރަކަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވުމުގެ ސަބަބުން، އެ ބީލަން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

މި ބީލަން ކުރިއަށްދާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން 2009 ފެބުރުވަރީ 11 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 2010 އޮކްޓޫބަރު 31 ގައި އިތުރުކުރެވުނު "ބާބު 15: ދައުލަތުގެ ޕްރޮކިއުމަންޓް"ގެ ދަށުންނެވެ.

ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓުގައި ދެވިފައިވާ މިންގަނޑުތަކަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން  ބޭނުންވާ މައުލޫމާތު ޝީޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބް ސައިޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ޕްރޮކިއުމަންޓް ޔުނިޓް ([email protected]) އަށް މެއިލް ކުރުމުން އެ ފަރާތަކަށް ފޯރުކޮށްދެވޭނެއެވެ.

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ އޮޑިޓޯރިއަމުގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ބަންދުކުރެވިފައިވާ ބީލަންތައް 2016 އޮކްޓޫބަރު 27 ވާ ބުރާސަފަތި ދުވަހުގެ 10:30 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަންވާނެއެވެ. މި ވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުޅުވާނީ މަތީގައި ދެންނެވުނު ގަޑީގައި ތިރީގައިވާ އެޑްރެހަށް ވަޑައިގަންނަވާ ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ.

20 އޮކްޓޫބަރު 2016