ޢާންމު މަޢުލޫމާތު
ނަންބަރު: FNK-K(T)/FNK/IUL/2016/101
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 30 ނޮވެންބަރު 2016 00:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓްރޭޝަނެއް ޤާއިމުކުރުމާ ގުޅޭ

އިޢުލާން

ވެންޑަރ ރަޖިސްޓަރީއެއް ޤާއިމުކުރުމާ ގުޅޭ

މި ކުންފުންޏަށް އިޢުލާންކޮށްގެން ހޯދާ މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ވެންޑަރ ރަޖިސްޓަރީއެއް ޤާއިމުކުރަން ކުންފުނިން ވަނީ ނިންމާފައެވެ. އަދި މިގޮތަށް ނިންމުމާ ގުޅިގެން، 2016 ނޮވެންބަރު 1 ވާ އަންގާރަދުވަހުގެ ފަހުން އިޢުލާން ކުރެވޭ އެކިއެކި ޕްރޮޖެކްޓްތަކަށް އަންދާސީހިސާބު ހުށަހެޅޭނީ މި ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މި ދަފުތަރުގައި ރަޖިސްޓަރީކުރުމަށް ބޭނުންވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ. މި ކުންފުނީގެ އެކިއެކި ޕްރޮޖެކްޓުތަކަށް މީގެ ކުރިން ކުރިމަތިލައްފާއިވާ ފަރާތްތައްވެސް މި ދަފުތަރުގައި ބައިވެރިވުމަށް އަލުން ފޯމު ފުރަންޖެހޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ވެންޑަރ ރަޖިސްޓްރޭޝަން ފޯމު މި ކުންފުނީގެ ވެބްސައިޓް www.fenaka.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި 08:00 ން 15:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016