މަސައްކަތް
ނަންބަރު: GS104-A/IUL/2016/20
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 23 އޮކްޓޫބަރު 2016 13:00
ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
އާ ސްކޫލުގެ ކަރަންޓް، ތްރީފޭސް ކަރަންޓަށް ބަދަލުކުރުމަށް

އިޢުލާން

އާ ސްކޫލުގެ ކަރަންޓް، ތްރީފޭސް ކަރަންޓަށް ބަދަލްކުރުން

އަލަށް ބަދަލުވާ ސަރަޙައްދުގައި އަޅާފައިވާ މި ސްކޫލުގެ ކްލާސްތަކުގެ ކަރަންޓް، ތްރީފޭސް ކަރަންޓަށް ބަދަލުކުރުމަށްޓަކައި ކުރެވުނު ނަންބަރު: GS104-A/IUL/2016/17 (18 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

ޅައިމަގު ސްކޫލް އޮފީސް

މަޢުލޫމާތު ސާފުކުރެއްވުން.

2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 13:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

2016 އޮކްޓޫބަރު 30 ވާ އާދީއްތަދުވަހުގެ 13:00 ގައި

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

ވިމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

15 މުޙައްރަމް 1438             

16 އޮކްޓޫބަރު 2016