ދިވެހިރާއްޖެ
އިޢުލާން
2017 އިން 2021 އަށް ނައިފަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުން
2017 އިން 2021 ވަނަ އަހަރަށް ނައިފަރުގެ ތަރައްޤީ ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ދަޢުވަތު ނައިފަރު ކައުންސިލުގެ ފަރާތުން ހުޅުވާލަމެވެ.
މި ބިޑާ ގުޅިގެން ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބިޑް ޕްރޮޕޯޒަލެވެ. ބިޑް ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ 2016 އޮކްޓޫބަރު 31 ވަނަ ދުވަހުގެ 13:00 ގައި ނައިފަރު ކައުންސިލުގެ އިދާރާގެ މީޓިންގހޯލުގައެވެ. ބިޑް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބިޑް ހުށަހެޅުމަށް ހުޅުވާލެވޭ ފުރުޞަތުގައި ހުށަހެޅޭ ބިޑްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ބިޑަށް 75 އިންސައްތަ މާކްސް ނުލިބޭނަމަ ކޮންޓްރެކްޓް އެވޯޑެއް ނުކުރެވޭނެއެވެ.
މި ބިޑާއި ގުޅިގެން ޕްރީބިޑް މީޓިންގއެއް ނޯންނާނެއެވެ. ބިޑް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ޑޮކިޔުމެންޓް ހޯދުމަށާއި، އިތުރު މަޢުލޫމާތު ހޯދުމަށް ނައިފަރު ކައުންސިލުގެ އިދާރާގެ 6620340 ނަންބަރާ ގުޅުމުން ނުވަތަ [email protected] އަށް އީމެއިލްކުރުމުން ލިބޭނެއެވެ. ބިޑް ޑޮކިޔުމެންޓުގެ ޑޮކިޔުމެންޓްތައް ފޮނުވައިދެވޭނީ އީމެއިލްކޮށެވެ.
ވީމާ، މި ކޮންޓްރެކްޓާމެދު ޝައުޤުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅުން އެދެމެވެ.