ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
1. މަސައްކަތް:
ސްކޫލުގެ ބައެއް އިމާރާތުގެ ނަލަފިލާ ބަދަލުކުރުން.
2. މަސައްކަތުގެ ތަފުސީލު:
ތިން ކްލާސްރޫމް އިމާރާތް
- އިރުމަތީކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި، ލަކުޑިފަތި އަޅައި، ސިމެންތި ނަލަފިލާ ޖަހައި، ދަވާދުލުން.
- ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް: ދިގުމިން – 21 ފޫޓު
ފުޅާމިން – 9 އިންޗި
ބޯމިން – 3/10 އިންޗި
ދެ ކްލާސްރޫމް އިމާރާތް
- އިރުމަތީކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި، ލަކުޑިފަތި އަޅައި، ސިމެންތި ނަލަފިލާ ޖަހައި، ދަވާދުލުން.
- ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް: ދިގުމިން - 21 ފޫޓު
ފުޅާމިން – 9 އިންޗި
ބޯމިން – 3/10 އިންޗި
ހަ ކްލާސްރޫމް އިމާރާތް
- ހުޅަނގުކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި، ލަކުޑިފަތި އަޅައި، ސިމެންތި ނަލަފިލާ ޖަހައި، ދަވާދުލުން.
- ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް: ދިގުމިން - 21 ފޫޓު
ފުޅާމިން – 9 އިންޗި
ބޯމިން – 3/10 އިންޗި
ތިން ކްލާސްރޫމް (ކޮމްޕިއުޓަރ ރޫމް) އިމާރާތް
- ހުޅަނގުކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި، ލަކުޑިފަތި އަޅައި، ސިމެންތި ނަލަފިލާ ޖަހައި، ދަވާދުލުން.
- ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް: ދިގުމިން - 21 ފޫޓު
ފުޅާމިން – 9 އިންޗި
ބޯމިން – 3/10 އިންޗި
- ނަލަފިލާތައް ނައްޓާއިރު ހަލާކުވެ ފީވެފައިވާ ތަންތަން މަރާމާތުކުރަންޖެހޭނެއެވެ.
- ދަވާދުގެ ގޮތުގައި ބޭނުންކުރަންޖެހޭނީ ނިޕޮން ބްރޭންޑުގެ އެމަރަލްޑް ގްރީން އެވެ. (ކޯޑް:9048)
އަންދާސީހިސާބު ހުށަހެޅޭނީ ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އެކަންޏެވެ.
3. އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ފުރިހަމކޮށްފައިވާ ބީލަން ހުށަހަޅާ ފޯމު
- ހުށަހަޅާ އަންދާސީހިސާބު (ކޯޓޭޝަން، ބީ.އޯ.ކިޔު. ނުވަތަ އަންދާސީހިސާބު)
- ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
- އޮޑިޓެޑް ފައިނޭންޝިއަލް ސްޓޭޓްމެންޓުގެ ކޮޕީ (2015 ވަނަ އަހަރުގެ)
- އޯޑިޓް ރިޕޯޓް ހުށަހެޅިކަމަށް އިކޮނޮމިކް މިނިސްޓްރީން ނުވަތަ މީރާއިން ދޫކުރައްވާފައިވާ ލިޔެކިޔުމުގެ ކޮޕީ (އެންމެ ފަހުގެ)
- މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.
- މިބާވަތުގެ ޚިދުމަތެއް ފޯރުވައިދީފައިވާ ފަރާތްތަކުން، ޚިދުމަތަކާ ގުޅޭގޮތުން ލިބިފައިވާ ލިޔުންތައް
- "މީރާ" އަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަމުގެ ލިޔުން
- ބީލަމުގައި ސޮއިކުރުމުގެ ހުއްދަ ލިޔުން
- އެމެންޑްމެންޓްތައް
4. ޕޮއިންޓް ދޭނެގޮތް:
- އަގަށް: 65 ޕޮއިންޓް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- މުއްދަތަށް: 25 ޕޮއިންޓް (އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- ތަޖުރިބާއަށް: 10 ޕޮއިންޓް (ވޭތުވެދިޔަ 3 އަހަރު ނިންމި މިފަދަ ޕްރޮޖެކްޓުގެ ޖުމްލަ އަގު / ހުށަހެޅި ޕްރޮޖެކްޓުގެ ޖުމްލަ އަގު)
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް ސްކޫލުގެ އޮފީހަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 ން 14:00 އަށް 6600136 ނަންބަރު ފޯނާއެވެ. އަދި ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓާއި ބީލަން ހުށަހަޅާ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ.
17 މުޙައްރަމް 1438