ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)448/1/2016/53
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި:
26 އޮކްޓޫބަރު 2016 13:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނެރުބައްތި ހޯދުމާބެހޭ
އިޢުލާން
ނެރުބައްތި ހޯދުމާބެހޭ
ހަނިމާދޫ އެއަރޕޯޓަށް ބޭނުންވާ 4 ނެރު ބައްތި (ރަތް) އަދި 4 ނެރުބައްތި (ފެހި) (SL-60 (2-3NM+ Solar Marine Lantern)) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 26 ވާ ބުދަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:
- އަގު: 70 މާކްސް (އެންމެ ކުޑަ އަގު / ހުށަހެޅި އަގު × 70)
- މުއްދަތު: 20 މާކްސް (އެންމެ ކުރު މުއްދަތު / ހުށައެޅި މުއްދަތު × 20) ތަކެތި ސަޕްލައި ކުރުމަށް ހުށަހަޅުއްވާ މުއްދަތު ބަންދު ދުވަސްތައް ހިމަނައިގެން "ދުވަހުން"
- ތަޖުރިބާ: 10 މާކްސް (ތަޖުރިބާ ، މީގެ ކުރިން މިފަދަ ތަކެތި ސަރުކާރުގެ އިދާރާތަކަށް ސަޕްލައިކޮށްދީފައިވާ ލިޔުންތަކަށް ބެލުމަށްފަހުއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކަށް ލިބޭނީ 5 މާކްސްއެވެ. އެންމެ ގިނަވެގެން ލިބޭނީ 10 މާކްސްއެވެ. އަދި އެ ލިޔުންތަކުގައި އެ ފަރާތުގެ ތައްގަނޑާއި ސޮއި އޮންނަންވާނެއެވެ.)
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 7900989 މި ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
18 މުޙައްރަމް 1437
19 އޮކްޓޫބަރު 2016